ޚަބަރު

ކޮވިޑް-19: އެންމެ 15 މިނެޓުން ނަތީޖާ ލިބޭ ޓެސްޓު ކިޓެއް ރާއްޖެއަށް ތައާރަފް ކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެންމެ 15 މިނެޓު ތެރޭގައި ނަތީޖާ ލިބޭ ގޮތަށް އެމެރިކާގެ އެބޮޓް ކުންފުނިން ތައްޔާރުކުރި ކޮވިޑް19 ޓެސްޓު "ބައިނެކްސްނައު ކޮވިޑް19 އޭޖީ ކާޑު" ރާއްޖެ އަށް ތައާރަފް ކޮށްފިއެވެ.

Ads by STELCO

މި ޓެސްޓަކީ ލެބޯޓްރީ ތަހުލީލު ކުރަން ބޭނުންކުރާ އާލާތްތައް އުފެއްދުމުގެ އެންމެ ކުރީގައި އުޅޭ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ އެބޮޓް ލެބޯޓްރީން އުފައްދާފައިވާ ޓެސްޓެކެވެ.

މެޑްޓެކްއަކީ އެބޮޓްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.

މި އޭޖީ ކާޑަކީ ކްރެޑިޓް ކާޑެއްގެ ސައިޒާ ދާދި އެއް ސައިޒަކަށް ހުންނަ ކާޑެކެވެ.

ކޮވިޑް-19 ޖެހިފައިވާކަން ނުވަތަ ނޫންކަން 15 މިނެޓުން އަންގައިދޭ މިޓެސްޓުގެ ސެންސިޓިވިޓީއަކީ 97.1 ޕަސެންޓު ކަމަަށާއި ސްޕެސިފިޓީއަކީ 98.5 ޕަސެންޓު ކަމަށް އެބޮޓުން ބުނެފައިވެއެވެ.

މިޓެސްޓު އެމެރިކާއާއި ޔޫރަޕުން މިހާރު ވެސް އަންނަނީ ބޭނުން ކުރަމުންނެވެ.

އެބޮޓް ކުންފުނިން ވަނީ އޮކްޓޯބަރު މަހުން ފެށިގެން ކޮންމެ މަހަކަށް މީގެ 50 މިލިޔަން ޓެސްޓް ހެދުމަށް އަމާޒު ކޮށްފައެވެ.

އޭޖީ ކާޑުގެ އިތުރުން އެކުންފުނިން ވަނީ މި ޓެސްޓަށް ހާއްސަ މޮބައިލް އެޕްލިކޭޝަނެއް ވެސް ތައާރަފުކޮށްފަ އެވެ. މި އެޕްލިކޭޝަނުން އެންމެ ފަހުން ޓެސްޓު ހެދި ތާރީޚާއި ޓެސްޓުގެ ނަތީޖާ ނައްސިކަން ވެސް ދައްކައިދެ އެވެ.

އެބޮޓް ކުންފުނީގެ އޭޖީ ކާޑުގެ ސަބަބުން ސްކޫލްތަކާއި އޮފީސް ފަދަ ގިނަ އަދަދެއްގެ މީހުން އުޅޭ ތަންތަނުގައި ފަސޭހަކަމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކޮވިޑް19އަށް ޓެސްޓު ކޮށްލެވޭނެ އެވެ،

  1. ޒވިޔަނި

    އަގު ކިހާވަރެއް؟

  2. محمد

    ޓެސްްުޓ ހެދެނ ކިހާ ވަރަކައް