ޚަބަރު

ޖަޕާނުން ރާއްޖެއަށް 47.5 މިލިއަން ޑޮލަރުގެ ލޯނެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޖަޕާނު ސަރުކާރުން ރާއްޖެއަށް އެހީގެ ގޮތުގައި 47.5 މިލިއަން ޑޮލަރުގެ ލޯނެއް ދީފިއެވެ.

Ads by MWSC

މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެެއްގައި، އެޤައުމާއި ރާއްޖެއާއި ދެމެދު ވަނީ ލޯނުގެ އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފައެވެ.

ރާއްޖޭގެ ފަރާތުން އެއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއިކޮށްފައިވަނީ އެގައުމުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއި އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ މިއީ މިހާތަނަށް ޖަޕާނުން ރާއްޖެއަށް ދިން އެންމެ ބޮޑު ލޯނުގެ އެހީ ކަމަށެވެ.

އެ ލޯނު ދައްކައި ނިންމުމަށް 15 އަހަރުގެ މުއްދަތެއް ދީފައިވާއިރު ގްރޭސް ޕީރިއަޑްގެ ގޮތުގައި ހަތަރު އަހަރު ދީފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރ ޝާހިދު ވިދާޅުވީ އެ ލޯނު އެހީއަކީ 0.01 ޕަސެންޓްގެ އިންޓްރެސްޓެއް ނަގާގޮތަށް ދީފައިވާ ލޯނުގެ އެހީއެއް ކަމަށެވެ.

"އިންޓްރެސްޓް ރޭޓް އާ ބަލާފައި 15 އަހަރު ދުވަހަށް ހިސާބު ޖެއްސުމުން އެއީ ބޮޑު އެހީއެއް،" ޝާހިދު ވިދާޅުވިއެވެ.

ޖަޕާނުން ރާއްޖެއަށް ބޮޑެތި އެހީތަކެއް އެކި ރޮނގުތަކުން ފޯރު ކޮށްދީފައިވާކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ އެޤައުމުން ފޯރު ކޮށްދޭ އިންސާނީ ތަރައްގީގެ އެތައް ހިދުމަތެއް ވަނީ ދިވެހީން ބޭނުން ކޮށްފައި ކަމަށެވެ.

 

Ads by Ooredoo
  1. ނުރަބޯ

    ސުބްޙާނަﷲ. ރީނދޫ ޣައްދާރު ބައިގަނޑު މިގައުމު މުޅިން ދަރާ ވިއްކާލައިފި.