މުނިފޫހިފިލުވުން

ރިއާ ގެ ދިރިއުޅުމުގައި "ޑްރާމާ" ގިނަ ކަމުން ޕްރޮޑިއުސަރުން އޭނަގެ ބަޔޯޕިކް އެއް ހަދަން ވިސްނަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާއި ގުޅިގެން އެންމެ ބޮޑު ތުހުމަތެއް އުފުލި ތަހުގީގު ކުރެވެމުން ދިޔަ އެކަކީ އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ އެވެ.

Ads by MWSC

އެތަހުގީގުން ހާމަވީ ރިއާ އާއި އޭނަގެ ބޭބެ ޝޯވިކް ޗަކްރަބަތީ ސުޝާންތަށް މަސްތުވާ ތަކެތި ދިން ކަމަށާއި އެމީހުން ވެސް އެތަކެތި ބޭނުންކުރާ ކަމެވެ.

މިމައްސަލަ އިތުރަށް ތަހުގީގު ކުރެވެދެން ނާކޮޓިކްސް ކޮންޓްރޯލު ބިއުރޯ (އެންސީބީ) އިން މިހާރުވެސް ވަނީ ރިއާ ހައްޔަރު ކޮށްފައެވެ. އަދި ދެ ފަހަރެއްގެ މަތިން އޭނާއަށް ބެއިލް ލިބޭތީ ކުރި މަސައްކަތް ވެސް ވަނީ ބޭކާރު ވެފައެވެ.

ރިއާ އަށް ހަމްދަރްދީވެ ބޮލީވުޑްގެ ގިނަ ފިލްމީތަރިންނެއް ވަނީ އޭނާއަށް ހިތްވަރު ދިނުމުގެ ބަސްތައް ފޮނުވާ، ހެޔޮ ދުޢާ ކޮށްފައެވެ.

ނަމަވެސް އިންޑިއާގެ ފިލްމު ހަދާ މީހުންނަށް މިމައްސަލަ ފެނުނީ އެހެން ސިފައެއްގައެވެ.

ރިއާގެ ދިރިއުޅުމުގައި ވަރަށް ޑްރާމާ ގިނަ ކަމަށާ ވަރަށް ގިނަ ކަންތައްތަކެއް ކުރިމަތިވަމުން އަންނަކަން ފާހަގަކޮށް ބައެއް ޕްރޮޑިއުސަރުން ދަނީ ރިއާގެ ދިރިއުޅުމާއި ގުޅުވާފައި އޭނާގެ ބަޔޯޕިކް އެއް ހެދުމާއިމެދު ވިސްނަމުންނެވެ.

ނަމަވެސް ރިއާ ގެ ބަޔޯޕިކް ހަދާނީ ކާކުކަމެއް، އަދި އެފިލްމު ކުޅޭނީ ކޮން އެކްޓްރެސް އެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!