ދުނިޔެ

ވެރިކަން ވައްޓާލާނެ ކަމުގެ އިންޒާރާއެކު، މަނީ ލޯންޑަރިންގެ މައްސަލައެއްގައި ޕާކިސްތާނުގެ އިދިކޮޅު ލީޑަރު ހައްޔަރުކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މަނީ ލޯންޑަރ ކުރުމުގެ ތުހުމަތު ކުރެވޭ ޕާކިސްތާނުގެ އިދިކޮޅު ލީޑަރު އަދި އިދިކޮޅު މައި ޕާޓީ، ޕާކިސްތާން މުސްލިމް ލީގްގެ ރައީސް ޝެހްބާޒް ޝަރީފް ހައްޔަރު ކޮށްފިއެވެ.

Ads by Sosun Fihaara

ޝެހްބާޒް ޝަރީފް ހައްޔަރުކޮށްފައި ވަނީ އިދިކޮޅު ފަރާތްތަކުން މަގުތަކަށް ނިކުމެ، ސަރުކާރު ވައްޓާލާނެ ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ. ޝެހްބާޒް ހައްޔަރުކުރުމާ އެކު އިދިކޮޅުން ވަނީ މަގުތަކަށް ނިކުމެ އިހުތިޖާޖު ކުރަން ފަށާފައެވެ.

އިދިކޮޅުން ބުނެފައި ވަނީ ސެހްބާޒް ޝަރީފް ހައްޔަރުކޮށްފައިވަނީ ސަރުކާރަށް ޕްރެޝަރ ކުރުމުން ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވަނީ ސިޔާސީ ފައިދާއެއް ނެގުމަށް ކަމަށެވެ. ސަރުކާރުން ބުނެފައި ވަނީ މިއީ ސަރުކާރާ ބެހޭ މައްސަލައެއް ނޫން ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓުން އެގޮތަކީ އެންމެ ރަނގަޅު ގޮތްކަމަށް ފެންނާތީ ކަމަށެވެ.

ހޯމަ ދުވަހު ޝެހްބާޒް ހައްޔަރު ކޮށްފައި ވަނީ ވެރިރަށް ލަހޯރްގެ ހައިކޯޓުގެ ހުކުމެއްގެ ދަށުންނެވެ. ޝެހްބާޒްގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގ އާއި ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން އޭނާ ވަނީ ކަފާލާތުގެ ދަށުން މިނިވަން ކޮށްދޭން ކޯޓުގައި އެދިފައެވެ. ނަމަވެސް އެ މައްސަލަ ބެލި ދެ ޖަޖުންގެ ބެންޗުން ނިންމާފައި ވަނީ ޝެހެބާޒް ކަފާލާތުގެ ދަށުން ދޫކުރެވެން ނެތް ކަމަށެވެ.

ޝެހްބާޒް އަކީ ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރެއްވި އަދި ކޮރަޕްޝަންގެ ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރުމަށް ފަހު މިހާރު ބޭސް ފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެން އުޅުއްވާ ނަވާޒް ޝަރީފްގެ ބޭބޭފުޅެވެ. ޝެހްބާޒް ވަނީ މިދިޔަ އިންތިޚާބުން ބަލިވެ ވަޑައިގެންފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!