ޚަބަރު

އައްޑޫގައި ދެމަފިރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އައްޑޫ ހިތަދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް / ފޮޓޯ:ޓައިމްސް އޮފް އައްޑޫ

އައްޑޫ ސިޓީގައި ދެމަފިރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު "ދެން"އަށް ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނީ ހިތަދޫގެ ގެއެއްގެ ދެމަފިރިން ކަމަށެވެ.

އަދި އެކަން އެނގުނު ހިސާބުން ފެށިގެން ފުލުހުން ސީންގައި ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިތުރު ތަފްސީލެއް ފުލުހުން  ނުދެއެވެ.

"ދެން"އަށް އެނގިފައިވާ ގޮތުން މަރުވެފައި އޮއްވާ ފެނުނު ދެމަފިރިންނަކީ ހިތަދޫ ކްރޭންގޭ އިބްރާހިމް އަބްދުﷲ އާއި މަރަދޫ ފިނިފެންމާގޭ ފަރުހަނާޒް ރަޝީދެވެ.

ދެމަފިރިން މަރުވީ ކޮން އިރަކުކަމެއް ސީދާ ސާފެއް ނުވެއެވެ. އަދި އެ ދެ މީހުންގެ އުމުރާއި އެ މީހުންގެ ސިއްހީ އެއްވެސް މައްސަލައެއް ހުރިކަން ވެސް ސާފެއް ނުވެއެވެ.

ދެހާސް ސަތާރަވަނަ އަހަރުވެސް މާލޭގެ ގެއެއްގައި ދެމަފިރިއަކު މަރުވެފައި އޮއްވާ ފެނުނެވެ. އެ މައްސަލައިގައި ޝައްކުކުރެވޭ އެއްވެސް ކަމެއް ނުފެންނަ ކަމަށް ފުލުހުން އޭރު ބުންޏެވެ.

Ads by Ooredoo