ޚަބަރު

ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވައިފި

ފާތިމަތު އިރުޝާ ، ދެން އޮންލައިން

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމުން ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

Ads by MPL

ރިޒާއަކީ ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވި މެންބަރެވެ. އެ ކޮމިޝަންއަށް ރިޒާ އިންތިހާބުކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ. ރިޒާ ވަނީ ރާއްޖޭގެ ޝަރުޢީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައިފައެވެ. ޝަރުޢީ ދާއިރާތަކުގެ ތަންފީޒީ އިދާރާތަކުގެ މުސާރައިގެ އޮނިގަނޑު ރަނގަޅު ކުރުމަށާއި ޝަރުޢީ ދާއިރާއަކީ "އެއްވެސް ބާރެއް ނެތް" ދާއިރާއެއްކަމަށް ވިދާޅުވެފައެވެ.

ފަނޑިޔާރުންގެ ޤާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައިވާ ބިލަށް މަޝްވަރާ ކުރުމަށް ޖުޑިޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ޖޭއެސްސީގެ ރައީސްގެ ހައިސިއްޔަތުން ރިޒާ ވިދާޅުވީ، މައްސަލަތައް ނިންމުން ލަސްވާ ސަބަބުތަކުގެ ތެރޭގައި ދިފާއީ ވަކީލުންނާއި ދައުލަތުގެ ވަކީލުން އެދިގެން އަޑުއެހުންތައް ކެންސަލް ކުރަން ޖެހޭ ކަމަށެވެ. އަދި ފުލުހުން ހާޒިރުކުރަންޖެހޭ ހެކިން ހާޒިރު ނުކުރެވިގެން ވެސް މައްސަލަތައް ކެންސަލް ކުރަން ޖެހުމަކީ މައްސަލަތައް ލަސްވާ ސަބަބެއް ކަމަށެވެ.

"މައްސަލަތައް ލަސްވާ ސަބަބުތަކުގެ ތެރޭގައި އެބަހުރި މިލިއަން ސަބަބުތައް އިނގޭތޯ. އޭގެ ތެރެއިން ހަމަ ގާތްގަނޑަކަށް ދިހަވަރަކަށް ސަބަބު އަޅުގަނޑު ދަންނަވާލާނަން،" ރިޒާ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓާއި މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމަށް ރޭ ސްޕްރީމް ކޯޓުގައި ބާއްވަން ހަމަޖެހިފައިއޮތް ރަސްމިއްޔާތު ވެސް ވަނީ ކެންސަލްކޮށްފައެވެ.

Ads by HDC