ދީން

އުމްރާގެ އަަޅުކަމަށް ހުޅުވާލުމާއެކު ކުޑަވަގުތުކޮޅެއްގެ ތެރޭގައި 16،000 މީހުން ރެޖިސްޓްރީ ވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މައްކާ: އުމްރާގެ އަޅުކަމަށް ހުޅުވާލުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 16،000 މީހުން ރެޖިސްޓްރީ ވެއްޖެއެވެ.

Ads by STELCO

އުމްރާގެ އަޅުކަމަށް ރެޖިސްޓްރީވުމަށް ސައުދީ ސަރުކާރުން ވަނީ މޮބައިލް އެޕްލިކޭޝަނެެއް ތަޢާރަފް ކޮށްފައެވެ.

މައްކާގެ އަމީރު ވިދާޅުވި ގޮތުގައި، އުމްރާ އަށް ހުޅުވުމާލުމުން ފުރަތަމަ 10 ދުވަހަށް ރަޖިސްޓްރީކޮށް މިހާރު ވަނީ ނިމިފަ އެވެ.

ސައުދީގެ ދާޚިލީ ވުޒާރާ އިން ނިންމާފައިވަނީ މަދު އަދަދެއްގެ ބަޔަކާއެކު އުމްރާ ކުރުމުގެ ހުއްދަ ދިނުމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ހުއްދަ ދެނީ ދުވާލަކު 6،000 މީހުން އުމްރާ ކުރުމަށެވެ. އަދި 12 ގްރޫޕަކަށް ބަހާލައިގެން އުމްރާ ކުރާއިރު ކޮންމެ ގްރޫޕެއްގައި 500 މީހުން ހިމެނޭނެ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެެވެ.

ދުވާލަކު 10 ފަހަރު ޙަރަމްފުޅު ޑިސްއިންފެކްޓު ކުރުމަށް ހަމަޖެފައިވާއިރު ކޮންމެ ގްރޫޕެއް އުމްރާކޮށް ނިމުމާއެކު ހަރަމްފުޅު ސްޓެރިލައިޒް ވެސް ކުރާނެއެވެ.

ނަމަވެސް މިފަހަރު އުމްރާ ކުރާ މީހުން ގެފުޅާއި ކައިރިވެ، ހަޖަރުލް އަސްވަދުގައި ބޮސްދިނުމުގެ ފުުރުސަތެއް ނުދޭނެ ކަމަށް ޙައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނެފައިވެއެވެ.

އެގޮތުން ގެފުޅާ ކައިރި ނުވެވޭ ގޮތަށް ވަގުތީ ޕާޓިޝަނެއް ވަށައިގެން ޖަހާނެ ކަމަށާއި އުމްރާގެ އަޅުކަން އަދާކުރަމުންދާ އިރު ޚާއްސަ މެޑިކަލް ޓީމުތައް ހަރަކާތްތެރިވާނެ ކަމަށް ވެސް އެމިނިސްޓްރީން ބުނެފައިވެއެވެ.

އުމްރާގެ އަޅުކަމުގެ ތެރެއިން، ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ފެނިއްޖެނަމަ، އެމީހަކު އެކަހެރި ކުރުމަށް ޚާއްސަ ސަރަޙައްދެއް ވެސް ގާއިމު ކުރުމަަށްވަނީ ހަަމަޖެހިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!