ޚަބަރު

އަޅުގަނޑު ގަޔަށް އެއްވެސް ޙައްޤަކާ ނުލާ ވަޅި ޖެހި މީހާއަށް އަޅުގަނޑު މަޢާފް ކޮށްފިން: އަލްހާން

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

2014 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު، އެއްވެސް ޙައްޤަކާއި ނުލާ ވަޅި ޖެހި މީހާއަށް، މަޢާފުކުރައްވައިފި ކަމަށް ވިދާޅުވެ ކުރީގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ޓުވީޓެއް ކުރައްވައިފިއެވެ.

Ads by STELCO

މިރޭގެ 22:26 ގައި އަލްހާން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވަނީ އެއްވެސް ޙައްޤަކާއިނުލާ އެމަނިކުފާނަށް ވަޅިން ހަމަލާދިން މީހާއަށް އެބޭފުޅާ މަޢާފު ކޮށްދިން ކަމަށެވެ. އަދި މިހެން ވިދާޅުވެ ކުރެއްވި ޓުވީޓުގައި ލިބުނު ޒަޚަމުގެ ފޮޓޯވެސް ވަނީ ހިމަނާފައެވެ.

2014 ވަނަ އަހަރު ފެބްރުއަރީ އެއްވަނަ ދުވަހުގެ ރޭ އަލްހާން ފަހުމީގެ ބުރަކަށްޓަށް ވަޅިން ހަމަލާ ދިނީ އޭރު ޓޫއަރިޒަމް މިނިސްޓަރެއްގެ ގޮތުގައި ހުންނެވި އަދި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފައިސާ ދީގެން ކަމަށް އަލްހާން ތުހުމަތު ކުރައްވާފައި ވެއެވެ.

އަލްހާނަށް ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ 2014 ވަނަ އަހަރު ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ބްރޭކްވޯޓާ ރެސްޓޯރަންޓް ތެރޭގައި އިތުރު ބަޔަކާ އެކު އޭނާ އިންނަވަނިކޮށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!