ދުނިޔެ

ކޮވިޑް19: އެމެރިކާގެ ރައީސް ޓްރަމްޕާއި އެމަނިކުފާނުގެ އަނބިކަނބަލުން ފައްސިވެއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އޭނާގެ އަނބިކަނބަލުން މެލާނިއާ ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by Sosun Fihaara

ޓްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އޭނާ އާއި އަނބިކަބަލުންނަށް ކޮވިޑް ޖެހިފައިވާ ކަމަށާއި އެބޭފުޅުން މިހާރު ތިއްބެވީ ކަރަންޓީންގައި ކަމަށެވެ.

ޓްރަމްޕްގެ ސިއްހީ ކަންކަމާ ބެހޭ ފަރާތުން ބޭރުގެ މީޑިޔާތަކަށް ވިދާޅުވެފައި ވަނީ، ޓްރަމްޕްގެ ހާލުކޮޅު ރަނގަޅު ކަމަށާއި އެމަނިކުފާނު ބޭނުންފުޅު ވަނީ ވައިޓް ހައުސްގައި ހުންނަވައިގެން ފަރުވާ ކުރައްވަން ކަމަށެވެ.

ޓްރަމްޕާއި އަނބިކަނބަލުން ކޮވިޑަށް ފައްސިވެފައި މިވަނީ، އޭނާގެ އެޑްވައިޒަރ ހޮޕް ހިކްސްއަށް ކޮވިޑް-19 ޖެހި، އެކަމަނާއާ ޑައިރެކްޓް ކޮންޓެކްޓް ވުމުންނެވެ. ޓްރަމްޕާއި ހިކްސް ޑައިރެކްޓް ކޮންޓެކްޓް ވެފައިވަނީ، މިދިޔަ އަންގާރަ ދުވަހު އޮހާޔޯގައި އޮތް ރިޔާސީ ބަހުސްގައި ބައިވެރިވުމަށް އެ ސްޓޭޓަށް ދަތުރު ކުރި ފްލައިޓުންނެވެ. ޓްރަމްޕާއެކު މިދަތުރުފުޅުގައި ހިކްސް ވަނީ އެއާރފޯސް ވަންގައި ދަތުރު ކުރައްވާފައެވެ. އޭގެ ފަހުން ބުދަ ދުވަހު ބޭއްވި ރެލީއެއްގައި ވެސް ރައީސްއާއެކު ހިކްސްވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ޓްރަމްޕް ކޮވިޑަށް ފައްސިވުމާއި ގުޅިގެން ރިޔާސީ އިންތިޚާބަށް މިހާރު ރާވާފައި ހުރި ކެމްޕެއިން ހަރަކާތްތައް މަޑު ޖައްސާލަން ޖެހޭނެއެވެ.

Ads by HDC
  1. محمد

    ޓުރަމްޕެއ ކަމަކު ކޮވިޑ ޖެހޭ ނެ