ދުނިޔެ

ކޮވިޑް-19 ޖެހިގެން އެމެރިކާގެ ރައީސް ޓްރަމްޕް އަވަހާރަވުމުގެ ފުރުސަތު ބޮޑު!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކޮވިޑް-19 އަށް ފައްސިވީ ބުރާސްފަތި ދުވަހުގެ ރޭގައެވެ. ކޮވިޑަށް ޓްރަަމްޕް ފައްސިވެފައިވާއިރު އެމަނިކުފާނުގެ އުމުރުފުޅަކީ މިހާރު 74 އަހަރެވެ. ރައީސް ޓްރަމްޕް މި ބަލީގައި އެޑްމިޓް ކުރުމުގެ ފުރުސަތު ފަސް ގުނަ ބޮޑު ކަމަށާއި އަދި މި ބަލީގައި އެމަނިކުފާނު އަވަހާރަވުމުގެ ފުރުސަތު 90 ގުނަ ބޮޑު ކަމަށް އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އިން ބުނެފިއެވެ.

Ads by WAMCO

ރައީސް ޓްރަމްޕާއި އެކު އެމަނިކުފާނުގެ އަނބިކަނބަލުން މެލާާނިއާ ވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ޓްރަމްޕާއި އޭނާގެ އަނބިކަނބަލުން ވަނީ އެތައް ފަހަރަކު އެމެރިކާގެ އެއާރ ފޯސް ގައި ދަތުރު ކޮށްފައެވެެ. އެގޮތުން މިދިޔަ ހަފްތާގައި ޖޯއި ބިޑެންއާއެކު އޮތް ބަހުސަކަށް ވެސް ވަނީ ވަޑައިގަންނަވާފައެވެ.

ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 65 އަހަރާއި 74 އަހަރާއި ދެމެދުގެ ކޮވިޑް-19 ޖެހިފައިވާ ބަލި މީހުން މި ބަލީގައި 5 ފަހަރަށް ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހިފައިވެއެވެ. އަދި 18 އަހަރާއި 29 އަހަރާއި ދެމެދުގެ ބަލިމީހުންނަށް މިބަލީގެ ނުރައްކާ ކުޑަކަމަށްވެސް ފާހަގަ ކޮށްފައިވެއެވެ.

ޓްރަމްޕަށް މިހާރު 74 އަހަރު ވެފައިވާއިރު މިބަލީގެ ނުރައްކާ އެންމެ ބޮޑު ކެޓަގަރީގެ ތެރޭގައި ޓްރަމްޕް ހިމެނެއެެވެ.

ޓްރަމްޕަކީ މީގެ ކުރިންވެސް ކޮވިޑް-19 އަކީ ޗައިނާއިން އުފެއްދި ވައިރަސް އެއް ކަމަށާއި އެކަމަށް ޗައިނާއިން ޒިންމާ ނަގަން ޖެހޭނެކަމަށް ވިދާޅުވެފަައެވެ. އަދި ކޮވިޑް-19 އިން ސަލާމަތް ވުމަށް މާސްކު އަޅަން ނުޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!