މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
ކ. އަތޮޅު ކަނޑޫމާތިލަ ކައިރިން، މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މަރުވެފައިވާ މީހެއް ކަނޑުމަތިން ފެނިގެން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 10:17 ހާއިރުކަމަށާއި އެއީ ބިދޭސީ ފިރިހެނެއް ކަމަށެވެ.
މި ޙާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށާއި އިތުރު މަޢުލޫމާތު ހިއްސާ ކުރަމުންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

