ރިސޯޓެއްގެ ޑަސްބިނަކުން މަރުވެފައި އޮތް ތުއްތު ކުއްޖަކު ފެނިއްޖެ
ރާއްޖޭގެ ރިސޯޓެއްގެ ޑަސްބިނެއްގެ ތެރެއިން ، ވިހެއުމަށް ފަހު، އެއްލައިލައިފައިވާ ތުއްތު ކުއްޖަކު ފެނިއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ވ. އަތޮޅު ރިސޯޓެއްގައި 27 އަހަރުގެ ދިވެހި އަންހެނަކު ބަލިވެއިނދެ، ކުއްޖާ ބައިގެން ގޮސް ނިޔާވެފައިވާ މައްސަލައެއް 26 ޑިސެމްބަރު 2025ވަނަ ދުވަހު ހެނދުނު 10:06 އެހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވ އަތޮޅު ސިނަމަން ވިލުފުށީ ރިސޯޓުގައި ކައިވެނިން ބޭރުން އަންހެނަކު ބަލިވެއިނދެ, ސްޓާފް އެކޮމޮޑޭޝަނަށް ވިހައިފައިވާ ކަމަށްވެއެވެ. އަދި އެ އެކޮމޮޑޭޝަން ބްލޮކުގައި ހުރި ޑަސްބިނަކުން ތުއްތު ކުއްޖަކު ފެނިފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.
އެ ސަރަހައްދުން ކުނިވަސް ދުވައިގެން ހޯދަމުން ދަނިކޮށް، އެ ސަރަހައްދުގައި ބަހައްޓައިފައި ހުރި ޑަސްބިނަކުން ތުއްތު ކުއްޖާ ފެނިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އެ ތުއްތު ކުއްޖާގެ ބަރުދަނުގައި ދެ ކިލޯ ހުރި ކަމަށް ވެސް މައުލޫމާތު ލިބެއެެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
