ދުނިޔެ

ކޮވިޑް19 އާއެކު ކުޑަކުދިން ކައިވެނި ކުރާ ނިސްބަތް އިތުރުވެދާނެ ކަމުގެ ބިރު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ 2.5 މިލިއަން ކުޑަކުދިންނަށް ކައިވެނި ކުރުމަށް މަޖުބޫރު ކޮށްފާނެ ކަމަށް ކުޑަކުދިންގެ ހައްގުތައް ހޯދުމަށް މަސައްކަތް ކުރާ ޗެރިޓީއެއް ކަމަށްވާ ސޭވް ދަ ޗިލްރަން އިން ބުނެފި އެވެ.

Ads by Sosun Fihaara

ސޭވް ދަ ޗިލްޑްރެން އިން ބުނެފައިވާ ގޮތުގައި މި ބަލިމަޑުކަމުގެ ސަބަބުން ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި 2.5 ކުޑަކުދިން މި ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެން ދާނެއެވެ. މިއީ ފާއިތުވި 25 އަހަރު އަހަރާ އަޅާ ބަލާއިރު ވެސް މި އަދަދު މިހާ ގިނަވެގެންދާ އަދި މިކަމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމެއް ކަން އެ ޖަމްއިއްޔާއިން ފާހަގަ ކޮށްފައި ވެއެވެ.

އެ ޖަމްއިއްޔާ އިން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި 5 އަހަރުގެ ތެރޭގައި 78.6 މިލިއަން ކުޑަކުދިންގެ ކައިވެނި ވަނީ ހުއްޓިފައެވެ.

ކުޑަކުދިން ކައިވެނިކުރުމާއި ދެ ޖިންސްގެ ހަމަހަމަކަމަށް މަސައްކަތް ކުރުމަށް އިތުރަށް ފަންޑު ހޯދުމަށް ސޭވް ދަ ޗިލްޑްރެން އިން ވަނީ ގޮވާލާފައެވެ.

ކޮވިޑް-19 އާ ގުޅިގެން މި އަދަތުތައް އިތުރުވުމަށް މަގުފަހިވާ ސަބަބުތަކުގެ ތެރޭގައި ސުކޫލުތައް ބަންދުކޮށް، ފަގީރު އާއިލާތައް އިތުރަށް ހާލުގައި ޖެހުން ހިމެނެއެވެ.

ދުނިޔޭގައި ކޮންމެ އަހަރަކު 18 އަހަރުން ދަށުގެ 12 މިލިއަން އަންހެން ކުދިން ކައިވެނި ކުރުމަށް މަޖުބޫރުކުރެއެވެ. މިއީ ކޮންމެ މިނެޓަކަށް 23 ކުދިންނެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!