ޚަބަރު

ބަލި ހާލަތު ހުރި ގޮތުން އަދީބު ގެއަށް ބަދަލުކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޖަލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަލި ހާލަތު ހުރި ގޮތުން ގެއަށް ބަދަލުކޮށްފިއެވެ.

Ads by Hajj Corporation

އަދީބު ބަންދުގައި ހުންނެވީ މާލޭ ޖަލުގައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާ ހަވާލާދީ އޮންލައިން ނޫހެއް ކަމަށްވާ "ސަން"ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އަދީބުގެ ބަލި ހާލަތު ހުރި ގޮތުން ކްރިމިނަލް ކޯޓުގެ ހުއްދައާއެކު އަދީބު ވަނީ ގެއަށް ބަދަލުކުރެވިފައެވެ.

މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ މައްސަލަ ނިމެންދެން އަދިވެސް ބަންދުގައި ބެހެއްޓުމަަށް ޝަރީއަތުން ނިންމާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

އެދުވަހުގެ ޝަރީއަތުގައި އަދީބް ވަނީ ދައުލަތުގެ ފަރާތުން އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއަށް ވެސް އިއުތުރާފު ވެސް ވެވަޑައިގެންފައެވެ. އަދި މައްސަލަ ބަަލައި ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމާއިމެދު ވެސް އޭނާ އިއުތިރާޒްވެ ވަޑައިގެންފައެއް ނުވެއެވެ.

އަދީބުގެ މައްޗަށް ހުކުމް ކުރުމަށް ތާވަލް ކުރެވިފައި ވަނީ އަންނަ ހޯމަ ދުވަހަށެވެ.

 

 

Ads by Allied Insurance
  1. ވަރަބިނދުނުކޮތަރު

    ގެއްލުނު ފައިސާއިންއެންމެ ފައިސާފޮއްޗެއްވެސް ނުދައްކާ އިރު ބޭނުންވާބަޔަކު ގެ ނަންކިޔާ ބޭނުންވާ ބަޔަކަށް ހިޔާނާތުގެފައިސާއިން ރެކެވޭހިސާބު ގަ . ތަނެއްގައަދުލުވެރިކަން އޮންނާނީ މިހާވަރަށް . ދިވެހިންއަޅޭމޮޔަވެގެންތަ އިބޫއަށްވޯޓްދިނީ އެޅުވި ބޮޑުފަނި ގައުމުގެ ބައިތުލްމާލްކައިހުސްުކުރީ މިބަޔަކުބޭނުންވެގެން ބާ .؟