ޚަބަރު

ކަނޑުމަތިން ފެނުނު ހަށިގަނޑުގެ ޖިންސު ދެނެނުގަނެވޭ: ފުލުހުން

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

ރ. ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނު ހަށިގަނޑުގެ ޖިންސު ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

Ads by STELCO

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މަރުވެފައި އޮތް މީހެއްގެ ހަށިގަނޑެއް އޮޔާދާކަމުގެ މައުލޫމާތު އިއްޔެ 16:24 އެހާކަންހާއިރު ފުލުހުންނަށް ލިބިގެން އެކަމަށް ހަރަކާތްތެރިވެފައިވާ ކަމަށާއި ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެފައި އޮތުމުގެ ސަބަބުން ޖިންސް ދެނެގަނެވިފައި ނުވާ ކަމަށެވެ.

ހަމައެހެންމެ، ފުލުހުންގެ ތަޙްޤީޤަށް ބޭނުންވާ ފޮރެންސިކް ސާމްޕަލް ނެގުމާއި، ތަޙްޤީޤުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި އިތުރު މައުލޫމާތު ލިބޭ ވަރަކުން ހިއްސާކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

Ads by Ooredoo