ޚަބަރު

މަސްތުވާތަކެއްޗާ އެކު 3 މީހަކު ހައްޔަރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މަސްތުވާތަކެއްޗާ އެކު ހއ. ބާރަށުން ދެ މީހަކާއި ށ. ފުނަދޫން މީހަކު ހައްޔަރުކޮށްފިއެވެ.

Ads by STELCO

ފުލުހުންގެ ޚިދުމަތުން ބުނީ، ހއ. ބާރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މި މަހުގެ 8ވަނަ ދުވަހު ހިނގި އޮޕަރޭޝަނެއްގައި ބާރަށު ބަނދަރު ސަރަހައްދުން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ ދެ މީހުންގެ ހަށިގަނޑު ބަލައި ފާސްކޮށް، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓްތަކެއް ފެނިފައިވާ ކަމަށެވެ.

ށ. އަތޮޅު ނަރުދޫން އެ އަތޮޅު ފުނަދުއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މި މަހުގެ 8ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ވަނީ ނަރުދޫ ބަނދަރު ސަރަހައްދުން މީހަކު ހައްޔަރުކޮށްފައި ކަމަށާއި އޭނާގެ ހަށިގަނޑު ބަލައި ފާސްކޮށް، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓްތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ހއ. ބާރަށް / ޕާޓްރާ، ޢަލީ ތަސްލީމް(39އ)، ހއ. ބާރަށް / ކުށްޅަވައްގެ، ޝަރަފުއްދީން(45އ)ގެ އިތުރުން ށ. ފުނަދޫ / ނީލުވިލާ، އާދަމް ފަތުޙީ(30އ) ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރަފުއްދީނަށް 7 ދުވަހުގެ ބަންދުގެ މުއްދަތެއް އަދި ތަސްލީމަށް ފަސް ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރުކޮށްފައި ކަމަށާއި ފަތުޙީއަށް ވަނީ 15 ދުވަހުގެ މުއްދަތަކަށް ބަންދު ކުރުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

Ads by HDC