ޚަބަރު

ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާ އެކު ޒުވާނަކު ހައްޔަރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މާލެ ސިޓީން ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާ އެކު ދެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.

Ads by STELCO

ފުލުހުންގެ ޚިދުމަތުން ބުނީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ 11ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން، މާލެ ސިޓީ މައްޗަންގޮޅި ގެއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެމީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަގައި ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މއ. ނިއުޔޯކްހައުސް / މާލެ، މުޙައްމަދު ޖިނާހް އިބްރާހީމް (26އ) ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ. އަނެއް މީހާ، ޝަރުތުކުރުމަށް ފަހު ކޯޓުން ވަނީ ދޫކޮށްލައިފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.