ޚަބަރު

ފާއިތުވި ޑިސެމްބަރު މަހު މާލޭގެ 21،521 ތަނެއް ބަލައި ފާސްކުރެވުނު: ފުލުހުން

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ޓްރެފިކް ފުލުހުން މާލޭގައި ހަރަކާތްތެރިވަނީ

މާލޭގެ މަގުތަކަކީ ރައްޔިތުންނަށް އަމާން، ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ފާއިތުވި ޑިސެމްބަރު މަހު މާލޭގެ 21،521ތަނެއް ބަލައި ފާސްކޮށްފިއެވެ.

Ads by STELCO

ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ފާއިތުވި ޑިސެމްބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެން 31ވަނަ ދުވަހުގެ ނިޔަލަށް، މާލެ ފްރަންޓްލައިން ފުލުހުން ވަނީ 5،701މީހުން ހުއްޓުވައި ސުވާލު ކޮށްފައެވެ. އަދި އޭގެ ތެރެއިން 5،023މީހުންނާކީ ކުށުގެ ރިކޯޑް އޮތް މީހުންނެވެ.

މީގެ އިތުރުން ނުރައްކާތެރިކޮށް ދުއްވާ ފަރާތްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފާއިތުވި މަހު 27،186އުޅަނދެއް ހުއްޓުވައި ބަލައި ފާސްކޮށްފައިވާ ކަމަށާއި 1554އުޅަނދަށް ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުންގެ ރިޕޯޓުގަވެއެވެ.

ރާއްޖޭގެ މާޙައުލަކީ ރައްޔިތުންނަށް އަމާން ރައްކާތެރި ތަކަކަށް ހެދުމަށް ފުލުހުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމުގެ މަތިން 24ގަޑިއިރު މަގުތައް ޕެޓްރޯލް ކުރުމުގެ ޚާއްޞަ އޮޕަރޭޝަންތަކެއް ވެސް ވަނީ ފުލުހުންގެ ޚިދުމަތުން ފަށައިފައެވެ.

Ads by HDC