މުނިފޫހިފިލުވުން

ނެޓްފްލިކްސުން "ވެމްޕަޔަރ ޑަޔަރީޒް" ދެން ނުފެނިދާނެ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސީޑަބްލިޔުގެ އުފެއްދުންތަކުގެ ތެރެއިން 2009 ވަނަ އަހަރު އުފެއްދި "ވެމްޕަޔަރ ޑަޔަރީޒް" އަކީ ގިނަ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ސީރީޒެކެވެ.

Ads by MWSC

ޖުމްލަ އަށް ސީޒަނަކަށް ބަހާލައިގެން އުފައްދާފައިވާ މިސީރީޒް އެއްކޮށް ނިންމާލާފައި ވަނީ 2017 ވަނަ އަހަރުގައެވެ. ސީރީޒް އެއްކޮށް ނިމުމުން ވެސް ގިނަ ބެލުންތެރިންނަށް ލިބުނީ މާޔޫސް ކަމެކެވެ.

ބެލުންތެރިންނަށް ހިތާމަވެރި ޚަބަރެއްދީ ކޮށްލީ، ފިލްމުތަކާއި ސީރީޒްތައް އޮންލައިންކޮށް ބަލައިލެވޭ އެޕްލިކޭޝަން ކަމަށްވާ "ނެޓްފްލިކްސް" އިންނެވެ. އެގޮތުން 2013 ވަނަ އަހަރުން ފެށިގެން ނެޓްފިލްކުސް "ވެންޕަޔަރ ޑަޔަރީޒް" ދައްކަމުން ދިޔައިރު، އެސީރީޒް އެއްކޮށް ނިމުނު ފަހުން ވެސް އެއެޕްލިކޭޝަނުން ދެއްކި ނަމަވެސް ވެމްޕަޔަރ ޑަޔަރީޒް އަކީ ސީޑަބްލިޔު ގެ އުފެެއްދުމެއް ކަމަށް ވާތީ، ނެޓްފްލިކްސުން އެސީރީޒް ދެއްކުމަށް ދޫކޮށްފައިވާ ލައިސެންސް މިމަހުގެ ނިޔަލަށް ހަމަވެއެވެ. އެހެންކަމުން ސީޑަބްލިޔު އިން އެލައިސެންސް އަލުން އާ ނުކޮށްދީފިނަމަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނެޓްފްލިކްސުން ދެން ވެމްޕަޔަރ ޑަޔަރީޒެއް ނުފެންނާނެއެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ސީޑަބްލިޔު އިން މިހާރު ހަމައެކަނި ވިސްނާފައިވަނީ އެމީހުންގެ ސްޓްރީމިންގ އެޕް ކަމަށްވާ އެބްބީއޯ މެކްސް އިން އެކަނި އެސީރީޒް ދެއްކުމަށެވެ. ނަމަވެސް "އެމޭޒަން" އަށް ދޫކޮށްފައިވާ ލައިސެންސް ހަމަވަންދެން އޭގެން ވެސް އެސީރީޒް ބެލޭނެ ކަމަށް ބުނެފައިވެއެވެ.

ވެމްޕަޔަރ ޑަޔަރީޒް ބިނާކޮށްފައި ވަނީ ފުރާވަރު އަންހެން ކުއްޖެއް ކަމަށްވާ އެލީނާ ގިލްބާރޓް (ނީނާ ދޮބްރޭވް) އަށް ދިމާވާ ކަންތައްތަކުގެ މައްޗަށެވެ. އޭނާއަށް އުމުރުން 162 އަހަރުވީ ސްޓެފަން ސެލްވަޓޯ (ޕޯލް ވެސްލީ) ދެކެ ލޯބިވެވި، އެކި ކަންތައްތަކާއި ކުރިމަތިލާން ޖެހެއެވެ. އަދި ފަހުން ސްޓެފަންގެ ބޭބެ ޑޭމަން ސެލްވަޓޯ (އިއަން ސޮމަރހޯލްޑަރ) ދެކެ ވެސް ލޯބި ވެވެއެވެ. އެދެބެންނަކީ ވެމްޕަޔަރުން ތަކަކަށް ވާތީ، އެމީހުންގެ ދުޝްމަނުންނާއި، އެމީހުންގެ މާޒީގައި އުޅުނު މީހުންގެ ފަރާތުން ވެސް އެލީނާ އަށް ދުއްތުރާތަކާއި ކުރިމަތިވެއެވެ. އަދި ޚުދު އެލީނާއަށް ވެސް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!