ސިއްޙަތު

ސައި ތައްޔާރު ކުރުމުގައި ދެން ހޫނުފެން ބޭނުން ނުކުރާތި : ދިރާސާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދިވެހީންނަށް އެންމެ ކަމުދާ އެއް ބުއިމަކީ ކަޅުސައި ކަމާމެދު ޝައްކެއް ނެތެވެ. ކަޅުސައި ތަައްޔާރު ކުރަނީ ހޫނު ފެނުގައެވެ. އެހެންނަމަވެސް ތިއީ އަދި އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ފަހުގެ ދިރާސާއަކުން އެކަން މިވަނީ ހާމަ ކޮށްދީފައެވެ.

Ads by MWSC

ކަޅުސައި ނުވަތަ ކިރުސައި ތައްޔާރު ކުރުމުގައި ވެސް އެންމެން ވެސް ބޭނުން ކުރަނީ އެއް "ރެސިޕީ" އެކެވެ. އެ ރެސިޕީ އަކީ ހޫނުފެނާއި ސައިފަތް ޕެކެޓް ބޭނުން ކޮށްގެން ސައި ތައްޔާރު ކުރާ ރެސިޕީ އެކެވެ. ބޭނުންވާ ވަރަށް ފެން ހޫނުވުމުން އެ ފެން ޖޯޑަކަށް އެޅުމަށްފަހު އެއަށް ސައިފަތް ޕެކެޓް ލުމަށްފަހު ގިރަނީއެވެ. އަދި ބޭނުންވާ މިންވަރަށް ހަކުރު އަޅަނީއެވެ.

އެހެންނަމަވެސް ކާބޯތަކެތި ތައްޔާރު ކުރުމުގެ މާހިރެއް ކަމުގައިވާ މާޓިން އިސާކް ވަނީ މިހާރު އެންމެން ވެސް ސައި ތައްޔާރުކުރުމުގައި ބޭނުން ކުރާ ރެސިޕީއަކީ ނުބައި ރެސިޕީއެއް ކަމުގައި ބުނެފައެވެ.

މާޓިން ބުނެފައި ވަނީ ހޫނުފެނުގައި ކަޅުސައި ގިރައިގެން ބުއިމެކޭ، ކެބެޖް ފެނުގައި ކަޅުސައި ބުއިމެކޭ ވާނީ އެއްވަރު ކަމަށެވެ. އެހެންކަމުން ސައި ތައްޔާރު ކުރުމުގައި އެންމެ ރަނގަޅު ގޮތަކީ ފެން ހޫނު ކުރުމަށްފަހު، އެފެން 80 ޑިގްރީއަށް ފިނި ވަންދެން ބެހެއްޓުމަށްފަހު ސައި ތައްޔާރު ކުރުމެވެ.

މާޓިން އިތުރަށް ބުނެފައިވަނީ މިގޮތަށް ސައި ތައްޔާރު ކުރުމަކީ ސިއްހަތަށް ވެސް މާ ރައްކާތެރި ގޮތަކަށް ވާނެ ކަމަށާއި އަދި ސައިފަތުގެ ރަހަވެސް އެންމެ އެދެވޭ ގޮތަށް ލާނީ މިހެން ސައި ތައްޔާރު ކުރުމުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!