ރާއްޖެ ދެމި އޮންނާނީ ހުރިހާ ރައްޔިތުން ޝާމިލުވާ މުޖުތަމަޢުއެއް ބިނާކުރުމުގައި: ރައީސް
ދިވެހިރާއްޖޭގެ ސަރުކާރު ދެމި އޮންނާނީ ހުރިހާ ރައްޔިތުން ޝާމިލުވާ މުޖުތަމަޢުއެއް ބިނާކުރުމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އިޖްތިމާޢީ އަދާލަތުގެ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިޖުތިމާޢީ އަދާލަތަކީ ހަމައެކަނި އުންމީދެއް ނޫން ކަމަށާއި އެއީ އިޖުތިމާޢީ އަދާލަތަކީ، ސުލްހަވެރި، ވިލުންތެރި، އަދި ހަމަހަމަ މުޖުތަމަޢުތައް ބައްޓަންކުރާނޭ މަގުދައްކާ އަސާސެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޝާމިލުކަން ކަށަވަރުކުރުމަށް މުޖުތަމަޢުތައް ބާރުވެރި ކުރުވައި، ތަފާތުތައް ކުޑަކުރުމަށް އާ ޢަޒުމެއްގައި މަސައްކަތްކުރުމަށް، ބައިނަލްއަޤުވާމީ މުޖުތަމަޢަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން ދިވެހި ސަރުކާރުގެ އަމާޒަކީ ޖަޒީރާތަކެއްގެ މައްޗަށް އެކުލެވޭ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަ ފުރުސަތުތަކާއި ރައްޔިތުންގެ ކަރާމާތާއި ރައްކާތެރިކަން އޭގެ އެންމެ ފުރިހަމަ އަދި ހަމަހަމަ ގޮތުގައި ލިބޭނެ ގޮތް ފަހިކޮށްދީ އެކަންކަން ޔަޤީންކޮށް ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެހެންމެ، އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތައް ވަރުގަދަކުރުމާ އެކު ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކާއި ދަތުރުފަތުރުގެ ނިޒާމުތައް ޤާއިމްކޮށް ދިނުމާއި އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަަަށް ސަރުކާރުން ސާބިތުކަމާ އެކު ދެމިއޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމާއި، އެކަށީގެންވާ ވަޒީފާގެ ފުރުސަތުތައް ހިމެނޭ އިޤްތިޞާދީ ފުރުސަތުތައް ހަމަހަމަކަމާ އެކު ފަހިކޮށްދިނުމަށް ވެސް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސް ފާހަގަކުރެއްވިއެވެ.
އެ މަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ގޮންޖެހުންތައް އެބަހުރިކަމާއި ކުރިމަގުގައި ވެސް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެކަން ޤަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވެ، އިޖުތިމާޢީ އަދާލަތަކީ ހަމައެކަނި ވެވޭ ވަޢުދަކަށް ނުހަދައި، އެއީ ޙަޤީޤަތަށް ހެދުމަށް މަސައްކަތްކުރެއްވުމަށް ހުރިހާ ފަރާތަކަށް ގޮވާލައްވަމުންނެވެ.



މާލެ ސަރަހައްދުން ފްލެޓްސް ތަކާއި ގޯއްޗަށް އެދި ފޯމްލާފައިވާ އެންމެނަށް ފްލެޓާއި ގޯތި ލިބޭނެ ކަން އަވަހަށް މިމަހު އިއުލާން ކޮށް ހަދާ ރައީސްގެ ގަރާރަކުން އެކަން ނިންމަންވީއޭ އެއިރުން އެންމެން ހޭބޯ ނާރާ އުޅޭނީ ރޯދަ މަހު އެކަމުގައޭ އެކަން ނިމޭއިރު ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނީ ބޯމަތިވެފައޭ އެއިރުން އެންމެން ސަރުކާރަށް ވޯޓް ދޭނެއޭ އެމްޑީޕީ އާދަމް އާޒިމަށް ކެމްޕެއިން ކުރާ އެންމެނަށް ވެސް ފްލެޓްސް ލިބޭނެ ކަމުގެ ލިޔުން ހަވާލުކޮށް އެމްޑީޕީގެ އެންމެން ޕީއެންސީ އަށް ބަދަލުކުރާށޭ އެމްޑީޕީގެ މެމްބަރުންގެ އަދަދު 2 ހާހަށް ތިރިކުރުމުގެ އަމާޒު ހިފާށޭ ޖައްސާށޭ މިގޮތަށް ޖައްސާ ޖައްސާ ޖައްސާ ޖައްސާ…