ސިއްޙަތު

ކޮންމެ ދުވަހަކު ސައި ބުއިމުން ލިބެނީ ކޮން ފައިދާއެއް ؟

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދިވެހީންގެ ތެރޭގައި އެންމެ ގިނަ ބަޔަކު ބޮއެ އުޅޭ އެކައްޗަކީ ކަޅު ސަޔޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ކަޅު ސައި ނޫނަސް އެކި ކަހަލަ ސައި ދިވެހީން ދުވަހުގެ އެކި ވަގުތުތަކުގައި ބޮއެ އުޅެއެވެ. ހެނދުނު ހޭލައިގެންވެސް ސައިތައްޓެއް ބޮއެނުލާ ހިތްހަަމަ ނުޖެހޭނެ އެތައް ބަޔަކު އުޅެއެވެ. މިހާގިނަ މީހުން ސައި ބޯ އިރު ސުވާލަކީ ސަޔަކީ ހަށިގަނޑަށް ފައިދާ ހުރި އެއްޗެއް ބާވައެވެ. ނުވަތަ ހަށިގަނޑަށް ސައިގެ ސަބަބުން ކުރާ އަސަރުތަކަކީ ކޮބައި ބާވައެވެ.

Ads by Sosun Fihaara

ކޮންމެ ދުވަހަކު ސައި ބޯނަމަ ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ވާކަން ހޯދުންތެރިންގެ ހޯދުންތަކުން ސާބިތުވެއެވެ. އެގޮތުން އޭގެ ތެރެއިން ބައެއް ކަންކަމަށް ބަލާލާނަމެވެ.

1- ހަށިގަނޑަށް "ފައިޓޯ ނިއުޓްރިއަންސް" ލިއްބައިދޭ

ސައި ތައްޔާރު ކުރާއިރު ބޭނުންކުރާ ސައިފަތް ޕެކެޓުގައި ގިނަ އަދަދަކަށް ނިއުޓްރިއަންސް އެކުލެވިގެން ވެއެވެ. ނޭޝަނަލް ލައިބްރަރީ އޮފް މެޑިސިން އިން ހާމަ ކުރާ ގޮތުގައި "ފައިޓޯ ނިއުޓްރިއަންސް" އަކީ އިންސާނާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަރަށް ބޮޑު ރޯލެއް އަދާކުރާ އެއްޗެކެވެ. އެގޮތުން އެލާޖީތަކުންނާއި ކެންސަރުޖެހުމުން މި މާއްދާގެ ސަބަބުން ރައްކާތެރި ކޮށްދެއެވެ.

2- ހަޖަމްގެ ނިޒާމަށް މިވަރެއް ނެތް

ޖާނަލް އޮފް ރިސާޗް އިން މެޑިކަލް ސައިންސް އިން ހޯދި ހޯދުމަކުން އެނގޭ ގޮތުގައި "ގްރީން ޓީ" ބޯ ނަމަ ހަޖަމް ކުރުމަށް ފަސޭހަ ވާނެއެވެ. އަދި ގުލްކޯޒް ލެވެލް ހަށިގަނޑުގައި ރަނގަޅު މިންވަރެއްގައި ހިފަހައްޓައިދޭނެއެވެ. އެހެންކަމުން ހަކުރުބަލި ހުންނަ  މީހުންނަށް ގްރީން ޓީ އަކީ ވަރަށް ރަނގަޅު އެއްޗެކެެެވެ.

3- ހަށިގަނޑަށް ލިބޭ ކުދި އަނިޔާތައް ރަނގަޅުވުމަށް ފަސޭހަވެގެން ދޭ

ކޮންމެ ދުވަހަކު ސައި ބޯނަމަ ހަށިގަނޑަށް ލިބޭ ކުދި އަނިޔާތައް ރަނގަޅުވުމަށް ފަސޭހަވެގެން ދާނެއެވެ. މިސާލަކަށް ތަންތަން މަށައިގެން ދިއުން، ހަށިގަނޑުގައި އުފެދޭ އިންފެކްޝަންސް އަދި ހަށިގަނޑުގެ ބޭރު ފުށުން ނުފެންނަ އަނިޔާތަކުން ވެސް ރަނގަޅުވުން އަވަސްވެގެން ދާ ކަމަށް ދިރާސާތަކުން ދައްކައެވެ. މިއީ 12 ހަފްތާއަށް ކުރި ދިރާސާއަކުން ހާމަވެފައިވާ ކަމެކެވެ.

4- ބަރުދަން ލުއި ކުރުމަށް އެހީތެރިވެދޭ

އިންޓަރނޭޝަނަލް ޖާނަލް އޮފް މޮލިކިއުލާ ސައިންސްއިން 12 ހަފްތާއަކުން ހާމަވެފައިވާ ގޮތުގައި ކޮންމެ ދުވަހަކު "ގްރީން ޓީ" ބޯނަމަ ބަރުދަން ވަރަށް ބޮޑުތަން ލުއިވެގެން ދާނެއެވެ. އަދި ހަމައެހެންމެ ހަށިގަނޑުގައި އުފެދޭ ސަރުބީތައް ވެސް ވިރުވައިދޭނެއެވެ.

ސަޔަކީ އޭގެ ސަބަބުން ހަށިގަނޑަށް އެއްވެސް ނޭދެވޭ އަސަރެއް ކުުރުވާ އެއްޗެއް ނޫނެވެ. ނަމަވެސް ދުވާލެއްގެ މައްޗަށް ބޯން އެންމެ ރަނގަޅީ 3 ތަށި ސައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!