ޚަބަރު

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އަހުމަދު މުހައްމަދު އައްޔަނުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އާ ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ)

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އަހުމަދު މުހައްމަދު(ޓޫފޯ) އައްޔަނުކޮށްފިއެވެ.

Ads by Allied

ފުލުހުންގެ ރަސްމީ އެކައުންޓުން އެކްސްގައި މިއަދު މެންދުރު ކުރި ޕޯސްޓެއްގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަގާމަށް އަހުމަދު އައްޔަނުކުރެއްވިކަން ހާމަކޮށްފައެވެ.

އަހުމަދު އެ މަގާމަށް އައްުޔަނުކުރުމުގެ ކުރިން ހުންނެވީ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރުގެ މަގާމުގައެވެ. އަދި އޭގެ އިތުރުން ވެސް ފުލުހުންގެ ހިދުމަތުގައި އޭނާ ވަނީ މުހިންމު މަގާމުތައް އަދާކުރައްވައިފައެވެ.

ނަވާރަސަތޭކަ ނުވަދިހަ ފަހަކުން ފެށިގެން ފުލުހުންގެ ހިދުމަތުގައި ހިދުމަތް ކުރައްވަމުން ގެންދަވާ އަހުމަދު ވަނީ ޝަރީއާއިން ބެޗެލާސް ޑިގްރީ ހާސިލުކުރައްވައިފައެެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިދިޔަ ފެބްރުއަރީ މަހު ފަހުކޮޅު ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ. އޭގެ ފަހުން ފުލުހުންގެ ހިދުމަތް ވަގުތީގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ އޮތީ ހަވާލުކޮށްފައެވެ.

އަހުމަދުއަކީ މި ސަރުކާރުގެ ތިންވަނަ ޕޮލިސް ކޮމިޝަނަރެވެ.

މި ސަރުކާރުގެ ފުރަތަމަ ޕޮލިސް ކޮމިޝަނަރު  އިސްމާއިލް ޝުޖާއު ރިޓަޔާ ކުރެއްވީ މިދިޔަ އަހަރުގެ އެޕްރީލް މަހުއެވެ.

Ads by Allied Insurance
  1. އަސްލު

    އަސްލު ވީ ގޮތަކީ، ޝުޖާއު ދިނީ އިސްތިއުފާ. ނަވީންގެ ކަނޑާލީ އަނބިމީހާގެ ކަމަކާހެދި. ދެން މިއަދު ސީޕީކަން ތި ހަވާލު ކުރީ ޕޮލްކޯ ފްލެޓް ލާރީގެ މައްސަލައިގައި ސަސްޕެންޑް ކޮށްފަ ހުރި ޓޫފޯ. ހުސް އެއްވަރުގެ މީހުން. މިހެން ސީދާކޮށް ހަބަރުތަކުގައި ޖަހާލާކަށް ނުކެރޭދޯ.

  2. ނަނާހުވަފެން

    ސީޕީ ޝުޖާއު ދިޔައީ މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ނުލިބުނީމާ ކޮމްޕްރަމައިސް ނުވަންވެގެން. މިދައުރުގައި ލިބޭނެ އެންމެ ރަގަޅު އަދި މުވައްސަސާގެ އިތުބާރު ހޯދޭނެކަމަށް ފުލުހުންވެސް ގަބޫލުކުރާ ސީޕީއަކީ އެއީ.