ޚަބަރު

ކޮވިޑް-19: ކުޅުދުއްފުށިން އިތުރު 2 ފުލުހުން ފައްސިވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ހދ. ކުޅުދުއްފުށިން އިތުރު 2 ފުލުހަކު ކޮވިޑް19 އަށް ފައްސިވެއްޖެއެވެ.

Ads by Hajj Corporation

އެރަށުން މިއަދު ފައްސިވެފައިވާ ދެ ފުލުހުންނަކީ އެރަށުން އިއްޔެ ފައްސިވި ފުލުހާ ޑައިރެކްޓް ކޮންޓެކްޓު ވެފައިވާ ދެ ފުލުހުންނެވެ.

އޮންލައިން ނޫހެއް ކަމަށްވާ "ތިލަދުން"ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އިއްޔެ ފައްސިވި ފުލުސް މީހާ އާ ކޮންޓެކްޓު ވި 10 ފަރާތެއް އެކަހެރިކޮށް، ސާމްޕަލް ނަގާފައިވާއިރު އޭގެ ތެރެއިން ދެ ސާމްޕަލް ވަނީ ފައްސިވެފައެވެ.

ސާމްޕަލް ނަގާފައިވަނީ 6 ފުލުހަކާއި، ފުލުހުންގެ ލޯންޗްގައި މަސައްކަތްކުރާ ތިން މުވައްޒަފަކާއި، އާންމުންގެ މީހެކެވެ.

އިއްޔެ ފައްސިވި ފުލުސް މީހާ ހުރީ އޭނާގެ ރަށް ކުރިނބީގައި ކަމުން އެރަށުން ވެސް ވަނީ 13 މީހެއްގެ ސާމްޕަލް ނަގާފައެވެ. މި ހުރިހާ ސާމްޕަލް އެއްވަނީ ނައްސިވެފައެވެ.

އިއްޔެ ފައްސިވި ފުލުސް މީހާގެ ކޭހާ ގުޅިގެން ތިން އަތޮޅަކުން 150 މީހަކު ވަނީ އެކަހެރި ކޮށްފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!