ދެ ރައީސުން ބައްދަލު ކުރައްވާ އެކުގައި މަސައްކަތް ކުރެއްވުމަށް މަޝްވަރާކުރައްވައިފި
ރައީސުލްޖުމްހޫރިއްްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލިސް ގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ބައްދަލު ކުރައްވައިފިއެވެ.
ރައީސް ޞާލިޙާއި ރައީސް ނަޝީދުގެ މިބައްދަލު ކުރެއްވުން ބާއްވާފައިވަނީ މުލިއާގޭގައެވެ.
މިބައްދަލުކުރެއްވުމާ ގުޅޭގޮތުން ރައީސް ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ބައްދަލު ކުރެއްވުމުގައި ގިނަ ކަންތައްތަކާމެދު މަޝްވަރާ ކުރެއްވި ކަމަށާއި ކޮވިޑް-19 އާއި އިޤްތިސާދީ ދަތިކަމުން އަރައިގަތުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލިސް އެކީގައި މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވި ކަމަށެވެ.
"ﷲ ގެ އިރާދަފުޅާއެކު އަަޅުގަނޑުމެން ކުރިއަށް ދާނީ ރަނގަޅު މިސްރާބަށް" ރައީސް ޞާލިޙު ވިދާޅުވެފައިވެއެވެ.
މި ދެ ރައީސުން އެންމެ ފަހުން ބައްދަލު ކުރައްވާފައި ވަނީ މިދިޔަ ޖޫންމަހުގެ 4 ވަނަ ދުވަހުއެވެ. އެބައްދަލުކުރެއްވުމުުގައި ތަރައްޤީގެ އެޖެންޑާ ތަންފީޒް ކުރުމުގެ މުހިންމު ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ.