ސިއްޙަތު

ކޮވިޑް-19ގެ ސަބަބުން ފިރިހެނުންގެ ދަރިފަންޏަށް ނޭދެވޭ އަސަރު ކުރޭ: ދިރާސާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ބަލި ކޮވިޑު-19 ގެ ސަބަބުން ފިރިހެނުންގެ ދަރިފަންޏަށް ނޭދެވޭ އަސަރު ކުރާކަމަށް ފަހުގެ ދިރާސާ އަކުން ދައްކައިފިއެވެ. ،

Ads by Sosun Fihaara

ދިރާސާތަކުން ދައްކާ ގޮތުގައި، ކޮވިޑުގެ ސަބަބުން ފިރިހެނުންގެ ދަރިފަންޏަށް ނެދެވޭ އަސަރުތައް ކުރަން ފަށަނީ ކޮވިޑް-19 ޖެހި އެމީހަކު އެބަލިން ރަނގަޅުވާތާ 30 ދުވަސް ފަހުންނެވެ. އިޒްރާއިލްގެ ހޯދުންތެރިންތަކެއްގެ ހޯދުންތަކުން ދައްކާ ގޮތުގައި ކޮވިޑް-19ގެ ސަބަބުން ފިރިހެނުންގެ ދަރިފަނި އަމިއްލައަށް ހަރަކާތް ކުރުމުގެ ބާރު ދަށްވެއެވެ.

އެހެން ނަމަވެސް ސައިންސްވެރިން ބުނާ ގޮތުގައި ކޮވިޑް-19ގެ ސަބަބުން ފިިރިހެނުންގެ ދަރިފަންޏަށް މުޅި އުމުުރަށް އަސަރު ކުރާނެކަން އަދި ޔަގީންވެފައެއް ނުވެއެވެ. މި އަސަަރުތަަކަކީ ކުރު މުއްދަތަކަށް ދެމިގެންދާ އަސަރު ތަކަކަށް ވެސް ވެގެން ހިނގައިދާނެއެވެ.

ކަން މިހެން އޮތްއިރު ސުވާލަކީ ކޮވިޑް-19 ގެ ސަބަބުން ހަމަ ހަގީގަތުގައި ވެސް ފިރިހެނުންގެ ދަރިފަންޏަށް އަސަރު ކުރޭ ހެއްޔެވެ؟ އެކަން ސާބިތު ވެފައި އެބައޮތްބާއެވެ؟

ބައެއް ސައިންސްވެރިން ބުނާ ގޮތުގައި ކޮވިޑް-19ގެ ސަބަބުން ފިރިހެނުންގެ ހަށިގަނޑުގައި ދަރިފަނި އުފެދޭ މިންވަރު ދަށް ވެގެން ގޮސްދާނެއެވެ. ނަމަވެސް އެ ސައިންސްވެރިންނަށް ވެސް ދަރިފަންޏަށް ކޮވިޑް-19ގެ ސަބަބުން ސީދާ އަަސަރު ކުރާނެ ކަން ޔަގީނެއް ނޫނެވެ.

އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުން މިހާރު މަސައްކަތް ކުރަމުން ދަނީ 20،000 އަންހެނުން ބައިވެރިކޮށްގެން މިކަމުގެ ދިރާސާއެއް ކުރުމަށެވެ. އޭގެ ތެރެެއިން 1500 މީހުންނަކީ ކޮވިޑް-19 ޖެހި އެ ބަލިން ރަނގަޅު ވެފައިވާ މީހުންނެވެ. އެހެންކަމުން އެ މީހުންނާއި ދިރާސާގައި ބައިވެރިވާ އެހެން މީހުންނާއި ހުރި ތަފާތު މި ދިރާސާން އިން ހާމަވެގެން ދާނެއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!