ދުނިޔެ

ޙަރަމްފުޅު ސެނިޓައިޒް ކުރުމުގައި ރޮބޮޓެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މައްކާ: ކޮވިޑް-19 ގެ ބަލިން ރައްކާތެރި ކުރުމުގެ ގޮތުން އޮޓޮމެޓިކުން ޕްރޮގްރާމް ކޮށްފައިވާ ރޮބޮޓުތަކެއް، މަސްޖިދުލް ޙަރާމް އާއި މަސްޖިދުލް ނަބަޥީ (ޞޢޥ) ސެނިޓައިޒް ކުރުމަށް ބޭނުން ކުރަން ފަށައިފިއެވެ.

Ads by WAMCO

މުސްލިމުންގެ އެންމެ މުޤައްދަސް ދެ މިސްކިތް ސެނިޓައިޒް ކުރަން މިރޮބޮޓުތައް ބޭނުން ކުރަން ފެށުމުގެ ރަސްމިއްޔާތު އިފްތިތާޙް ކޮށްދެެއްވީ މަސްޖިދުލް ޙަރާމް އާއި މަސްޖިދުލް ނަބަވީ (ޞޢޥ) ގެ ޗީފް އެޑްމިނިސްޓްރޭޓަރ ޢަބްދުއްރަޙްމާން އަލް-ސުދައިސް އެވެ.

ޢަބްދުއްރަޙްމާން އަލް-ސުދައިސް ވިދާޅުވި ގޮތުގައި ޒަމާނީ މިރޮބޮޓުތައް އެ ދެމިސްކިތް ވެސް ސެނިޓައިޒްކޮށް ވައިރަހުން ރައްކާތެރި ކޮށްދޭނީ އެންމެ ޒަމާނީ "ސްމާޓް" ޕްރޮގްރާމުގެ ދަށުންނެވެ.

މި ރޮބޮޓުތަކަކީ މުޅިން އެއްކޮށް އޮޓޮމެޓިކުން މަސައްކަތް ކުރާ ރޮބަޓުތަކެއްކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

 

"ރޮބޮޓުތައް މަސައްކަތް ކުރާނީ ކޮންމެ ދުވަހަކު ވެސް 5 ގަޑިއިރާއި 8 ގަޑިއިރާއި ދެމެދުގެ ވަގުތަކަށް. ކޮންމެ ރޮބޮޓެއްގައި 24،000 ލީޓަރު ސެނިޓައިޒަަ ހިފެހެއްޓުމުގެ ކެޕޭސިޓީ ހުންނާނެ" ޢަބްދުއްރަޙްމާން އަލް-ސުދައިސް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ކޮންމެ ރޮބޮޓެއް ވެސް އެއް ގަޑިއިރު ތެރޭ ދެ ލީޓަރުގެ ސެނިޓައިޒަރ މަސްޖިދުލް ޙަރާމް އަށާއި މަސްޖިދުލް ނަބަވީ (ޞޢޥ)އަށް ޖަހާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!