ސިއްޙަތު

ޗައިނާގެ ކޮވިޑް-19 ވެކްސިން ރައްކާތެރި: ދިރާސާ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޗައިނާއިން ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ތައްޔާރުކުރި ވެކްސިނެއްގެ ފުރަތަމަ ކްލިނިކަލް ޓްރަޔަލްސް އިން ވެކްސިން ބޭނުން ކުރުމަށް ރައްކާތެރިކަމަށް ދައްކައިފިއެވެ.

Ads by Sosun Fihaara

ދިރާސާވެރިން ބުނި ގޮތުގައި ޗައިނާގެ އިންސްޓިޓިއުޓް އޮފް މެޑިކަލް ބަޔޮލޮޖީ އިން ތައްޔާރު ކުރި ވެކްސިންގެ ފުރަތަމަ ކްލިނިކަލް ޓްރަޔަލްސް އަށް ބަލާއިރު ވެކްސިން ބޭނުން ކުރުމަށް ރައްކާތެރިކަމަށް ފެނިފައިވާ ކަމަށެވެ.

ކްލިނިކަލް ޓްރަޔަލްގެ ފުރަތަމަ ފިޔަވަހީގައި ވަނީ ސިއްހަތު ރަނގަޅު، އުމުރުން 18 އަހަރާއި 59 އަހަރާ ދެމެދުގެ 191 މީހުންނަށް ވެކްސިން ދީފައެވެ. މި މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ފަރާތުން ފާހަގަކުރެވޭ ފަދަ ބޮޑު އަލާމާތެއް ފެނިފައެއް ނުވެއެވެ.

ނަމަވެސް ބައެއް ކުދި ސައިޑް އެފެކްޓްތައް ކަމަށްވާ ގައިގައި ރިހުން، ހަންގަނޑު ރަތްވެ ހިރުވުން ފަދަ އަލާމާތްތައް ވަނީ ފެނިފައެވެ.

ޗައިނާގައި މިހާރު ޖުމްލަ ހަތަރު ވެކްސިން އެއް އަންނަނީ ކްލިނިކަލް ޓްރަޔަލްސްގެ އެންމެ ފަހު ސްޓޭޖުގައި ޓެސްޓު ކުރަމުންނެވެ.

އެގޮތުން އެތައް ހާސް ، ހައި ރިސްކު މީހުންނާއި މަސައްކަތްތެރިންނަށް ވަނީ ވެކްސިން ދީފައެވެ. ނަމަވެސް މި މީހުންނަށް ވެކްސިން ދީފައިވަނީ ކްލިނިކަލް ޓްރަޔަލްސް ނިމުމުގެ ކުރިން ކަމަށްވާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!