ޚަބަރު

އަލީ ރަމީޒަކީ ޕީޕީއެމް އެކްޓިވިސްޓެއް: އަލްހާން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އަލީ ރަމީޒަކީ ޕީޕީއެމް އެކްޓިވިސްޓެއް ކަމަށް މާލެ ސިޓީ މޭޔަރު ކަމަށް ވާދަކުރާ އަލްޙާން ފަހުމީ ވިދާޅުވެއްޖެއެވެ.

Ads by STELCO

އަލްހާން މިހެން ވިދާޅުވީ އޭނާ ކުރި ޓްވީޓެއްގައެވެ. އިއްޔެއިން ފެށިގެން އަލްހާން އަންނަނީ އަލީ ރަމީޒަށް ވަރަށް ހުތުރު ބަސްތަކުން ފާޑު ކިޔަމުންނެވެ. އަލްހާން މިގޮތަށް ފާޑު ވިދާޅުވަމުން އަންނަނީ އައިއެސް އާއި އަލްގައިދާގެ ވާހަކަތައް މިހާރު ރައްޔިތުން ޤަބޫލު ނުކުރާނެ ކަމަށާއި އެއީ މިހާރު ބާވެފައިވާ ވާހަކަތަކެއް ކަމަށް ވިދާޅުވެ ޢަލީ ރަމީޒު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދެއްވި ރައްދާ ގުޅިގެންނެވެ.

އަލްހާން އަލީ ރަމީޒާ ގުޅުވައިގެން ވިދާޅުވީ އަލީ ރަމީޒު ކުރާ ކަމަކީ ތިމާ އަކީ މާ ދީނީ ނިއުޓްރަލް މީހަކަށް ހެދިގެންހުރެ ސަރުކާރާމެދު ފިތުނަ އުފައްދާ، އެވާހަކަ ބުނާ މީހާ ބްލޮކް ކުރުން ކަމަށެވެ.

އަދި ދީން ހަތިޔާރަކަށް ހަދައިގެން ސިޔާސީ މީހުންނާ ޖައްސާލުމަށް ފުރުސަތު ނުދޭނެ ކަމުގައި ވެސް އަލްހާން ގެ ޓްވީޓުގައި ބުނެފައިވެއެވެ.

މިޓްވީޓުގެ އިތުރުން ވެސް އަލްޙާން އިއްޔެ ވަނީ ޢަލީ ރަމީޒަށް ފާޑުވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ.

އެގޮތުން ޓްވިޓާއިން ޢަލީ ރަމީޒު އޭނާ ބްލޮކް ކޮށްލާފައިވާތީ، އެކަން އިއުލާނު ކުރައްވަމުން އަލްހާން ވިދާޅުވީ "މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަލްޤާރީ އަލީ ރަމީޒް" އޭނާ ބްލޮކް ކުރައްވައިފި ކަމަށާއި "ސަބަބު ހޯދަން ތި މޫނަށް" ބެލުމަށެވެ. އެއީ ކޮން މޫނެއްގެ ވާހަކައެއް ކަމެއް ސާފުކޮށްދެއްވާފައެއް ނުވެއެވެ.

ނަމަވެސް އަލްޙާން ގެ އެޓްވީޓާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އޭނާއަށް އަމާޒުވެފައެވެ. އަދި ޢަލީ ރަމީޒަކީ ދީނީ ޢިލްމުވެރިއެއް ނޫން  ނަމަވެސް ޢިލްމީ ގޮތުން އަލްހާނަށް ވުރެ ޢަލީ ރަމީޒްގެ ގާބިލުކަން އިތުރު ވާނެ ކަމަށް ވެސް ބައެއް މީހުން ވަނީ ފާހަގަ ކޮށްފައެވެ.

Ads by Allied Insurance
  1. ދަންތުރަ

    އަލްހާނަކީ އެންޑީޕީގެ ޕަކެޓެއްދޯ

  2. ފަތްތޫރަ

    އަލްޙާން ފަހުމީ ކަލެއަށް ކޮންއެއްޗެއް އެގިގެންތަ އަލީ ރަމީޒަކީ ޕީޕީއެމް އެކްޓިވިސްޓެކޭ ތިކިޔަނީ އަލީ ރަމީޒް އަކީ އެއްވެސް ޕާޓީ އަކާ ގުޅުމެއް އޮންނާނެ މީހެއްނޫން އެހެން ވިއްޔާ އަލްހާނަކީ އެންޑީޕީގެ ފަހަތުން ދުވާ ދޫންޔެއްތާދޯ