މަލަކާ ކަނޑުއޮޅި ކައިރީގައި 10 ބިލިއަން ޑޮލަރުގެ "ގްރޭޓް ނިކޮބާރ" މަޝްރޫޢެއް ހިންގަން އިންޑިއާއިން މަސައްކަތްކުރަނީ
ނިއު ދިއްލީ -- ތިމާވެއްޓަށް ލިބިދާނެ ނުރައްކާތަކަށް ބެލުމެއްނެތި، އިންޑޯ-ޕެސިފިކް ސަރަޙައްދުގައި ކަނޑުމަތީގެ އަދި ވިޔަފާރީގެ ލަނދުދަނޑިތައް ޙާޞިލުކުރުމަށް އިންޑިއާއިން އިސްކަންދޭން ފަށައިފިއެވެ.
މިގޮތުން، ގާތްގަނޑަކަށް 10 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން، މަލަކާ ކަނޑުއޮޅިއާ ގާތުގައި އޮންނަ "ގްރޭޓް ނިކޮބާރ އައިލެންޑް" ގައި ހިންގުމަށް ހަމަޖެހިފައިވާ އުމްރާނީ ތަރައްޤީގެ ބިޔަ މަޝްރޫޢަށް ގިނަ ބައެއްގެ ސަމާލުކަން މިހާރު ވަނީ އަލުން ހުއްޓިފައެވެ. ނިއު ދިއްލީން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބާރުއަޅަމުންދަނީ، އިންޑިއާ ކަނޑުގެ އިރުމަތީ ބިތުގައި އެ ޤައުމުގެ ސްޓްރެޓީޖިކް އަދި ލޮޖިސްޓިކަލް ބާރުވެރިކަން މިހާރަށްވުރެ ފުޅާކުރުމުގެ ބޭނުމުގައެވެ.
މި ސަރަޙައްދުގައި އިންޑިއާގެ އަސްކަރީ ޙަރަކާތްތައް ދައްކުވައިދޭ މަންޒަރެއްގެ ގޮތުން، 2014 ވަނަ އަހަރު އިންޑިއާގެ އަންޑަމަން އެންޑް ނިކޮބާރ ޖަޒީރާތަކުގެ ވެރިރަށް ކަމުގައިވާ ޕޯޓް ބްލެއަރގެ ނޭވަލް ބޭހަށް، އިންޑިއާ ކަނޑުގެ ސިފައިންގެ މަނަވަރު "އައިއެންއެސް ކޭސަރީ" ބަނދަރުކުރާ މަންޒަރު ފެންނަ ފޮޓޯއެއް ރޮއިޓަރސް އިން ވަނީ އާންމުކޮށްފައެވެ.