ޚަބަރު

ތެޔޮބައުޒަރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދިވެހި ފިރިހެނަކަށް ފަރުވާދެނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ތެޔޮބައުޒަރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

Ads by Allied

ފުލުހުންގެ ޚިދުމަތުން ބުނީ، ހުޅުމާލެ، ނިރޮޅުމަގު ހަތްތަރި މާޓް ކައިރިން، ތެޔޮބައުޒަރަކާ ސައިކަލެއް ޖެހި އެކްސިޑެންވެފައިވާކަމަށް 2026 މެއި 28ވަނަ ދުވަހުގެ 22:21 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވި 30 އަހަރުގެ ދިވެހި ފިރިހެނެއް ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހްގީގު ކުރަމުންނެވެ.

Ads by Allied Insurance