ޚަބަރު

ރިމާންޑު ޖަލަކަށް ބަދަލު ނުކުރެވިގެން މަސްތުވާތަކެތީގެ ވިޔަފާރިވެރިއެއް ކަމަށް ތުހުމަތުވާ މީހަކު ދޫވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުވާ މީހަކު، ކަރެކްޝަނަލް ސާވިސްގެ ރިމާންޑު ޖަލަަކަށް ބަދަލު ނުކުރެވިގެން އުޅެނިކޮށް ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

Ads by STELCO

އެގޮތުން އިއްޔެ އެކޯޓުން ދޫކޮށްލާފައިވަނީ  މ. އެންޑްލެސް، ހުސައިން އިރުފާން (35އ.) އެވެ. އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ މަސްތުވާތަކެތި ބޭނުން ކުރުމާއި ވިޔަފާރި ކުރާ ކަމުގެ ތުހުމަތެވެ.

ޙުސެއިން އިރުފާނު ދޫކޮށްލާފައިވަނީ، ސެޕްޓެމްބަރ 18 ވަނަ ދުވަހު ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު މުރާޖަޢާ ކޮށްދިނުމަށް އޭނާގެ ފަރާތުން ހުށަހެޅުމުންނެވެ.

އޭނާ ބަންދުން ދޫކޮށްލި ސަބަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ކޯޓު އަމުރާއި ޖަލުތަކުގެ ޕެރޯލް ގާނޫނުގެ ހަތަރުވަނަ މާއްދާއާ ހިލާފަށް މިހާތަނަށް އައިރުވެސް، އޭނާ ކަސްޓޯޑިއަލް ޖަލުން ރިމާންޑް ޖަލަކަށް ބަދަލުކޮށްފައި ނުވާ ކަމަށެވެ.

"މީނާ (އިރުފާން) ރިމާންޑް ޖަލަކަށް ބަދަލު ކުރެވެން އޮތީ، ޖަލުން ޖާގަ ލިބުނު ދުވަހަކުން ކަމަށް ބުނެފައިވުމާއި، ރިމާންޑް ޖަލުގައި ޖާގަ ނެތް ހާލަތެއްގައި ދިމާވެގެން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހެޅި ހުށަހެޅުމަކަށް ޝަރީއަތް ނިމެންދެން ބަންދުގައިވާ ފަރާތްތަކަށް ލުޔެއް ދިނުމުގެ ގޮތުން މީގެ ކުރިން ޝަރުތުކޮށް ދޫކޮށްލާފައިވާކަން އެނގެން އޮތް ހިނދު، މި މައްސަލައިގައިވެސް މި ކަންކަމަށާއި ގާނޫނުގައި ބުނާ ހާލަތްތަކަށް ރިއާޔަތްކޮށް ޝަރުތުތަކަކާއެކު ދޫކޮށްލުމަށް،" މިމައްސަލައާއި ގުޅޭގޮތުން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވެއެވެ.

Ads by PNC
  1. ޢަލީ

    ކުރީ ދުވަހު ފޮނުވި ކޮމެންޓް ޖަހަން ނުކެރުނު.