އިންސާނެއް ހައްޔަރު ކޮށްލެވޭ ވަރުގެ މަކުނުވާ ހާއްޔެއް
އިނގިރޭސި ވިލާތުގެ ޖަންގައްޔެއްގައި އިންސާނަކު ވެސް ހައްޔަރުކުރެވޭ ވަރުގެ މަކުނު ވާފުރާފައިވާ ހާއްޔެއް ފެނިއްޖެއެވެ.
އެގައުމުގެ ކަމާއިބެހޭ މާހިރުން ބުނާގޮތުގައި އެ ވާ ފުރާފައި ވަނީ އާދައިގެ މަކުނަކަށް ވުރެ މާ ބޮޑު މަކުނެއް ކަމަށް ލަފާ ކުރެވެއެވެ. އަދި އެ ހާލީގައި ޖެހި އިންސާނެއް ވެސް ހައްޔަރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ކަމާއި ބެހޭ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.
މީސްމީޑިއާގައި މި މަކުނު ހާލީގެ ފޮޓޯއެއް އާންމު ކުރި ހިސާބުން ގިނަ ބަޔަކު ވަނީ އާޝޯޚުވެފައެވެ. ގިނަ ބައެއްގެ ސަމާލުކަން އެ ފޮޓޯއަށް ލިބިފައި ވާއިރު މިހާރު އެތަން ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
ރޭގަނޑު ގަޑީގައި އެ ޖަންގައްޔަށް ވަދެ އުޅޭމީހުނަށް އެ މަކުނު ހާލީގައި ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ވެސް ކަމާއި ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. އެހެންކަމުން މިހާރު މަސައްކަތްކުރަނީ އެ ހާލީގައި ވާ ފުރާފައިވާ މަކުނަކީ އަސްލު ހަގީގަތުގައި ވެސް ބޮޑު މަކުނެއްތޯ ބެލުމެވެ.