ކަނޑާލި ބޮޑު ގަހެއްގެ ތެރެއިން ފެނުނު އެއްޗަކުން ގިނަ ބައެއް ބިރުން ފިތް ކަނޑައިގެން ގޮސްފައި!
މިއީ އެމެރިކާގައި ގަސްކަނޑަން އުޅުނު މީހަކަށް ދިމާވި ވަރަށް އާދަޔާ ޚިލާފު ކަމެއްގެ ވާހަކައެވެ. ކަނޑާލި ގަހެއްގެ ތެރެއިން ފެނުނު އެއްޗެއްގެ ވާހަކައެވެ.
އާދައިގެ މަތިން މިމީހާ ގަސް ކެނޑުމަށް އެކުވެރިންނާ އެކު ދިޔައީ އެމެރިކާގެ ޖަންގަލި ހިސާބަކަށެވެ. ބަލާލަން މަންޒަރު ރީތި ގަސްތަކެކެވެ. ގަސް ކެނޑުމަކީ އެގައުމުގެ މީހުން ހިތްހަމަ ނުޖެހޭކަން ވެސް އެނގިހުރެ މިމީހާ މިކަން ކުރަނީ އާއިލާއަށް ޚަރަދުކޮށް ކާންބޯން ހޯދުމަށް އާމްދަނީއެއްގެ ގޮތުގައި ކުރާ ކަމެއްގެ އުސޫލުންނެވެ.
މި ގަހަކީ ހެދިފައި ހުންނަލެއް އެހާމެ ވަރުގަދަ ވެސް ގަހެކެވެ. އެއްދުވަހަކު މިހެން ގޮސް ގަސް ކެނޑުމުގައި އުޅެނިކޮށް ދިމާވީ އާދަޔާ ޚިލާފު ކަމެކެވެ. ގާތްގަނޑަކަށް ހުރިހާ ގަހެއް ކަނޑާ ނިމެން ގާތް ވެފައި ވަނިކޮށް ދެން ކަނޑަން ހުރި ގަހެވެ. ބަލާ ބެލުމަށް މި ގަސް އެހާ ބިޔައެއް ނޫނެވެ. އަދި އެހާ ވަރުގަދަ ހެން ވެސް ހީއެއް ނުވެއެވެ.
އެހެން ނަމަވެސް ގަސްކަނޑަން ގޮސް އުޅުނު އެންމެންނަށް ވެސް އެގަހުން އަޅައިގެން ކަމަކީ ގަސްގަނޑުގައި ކުޑަ ހޮހޮޅައެއް ހުރި ކަމެވެ. ބަލާބެލުމަށް އެތެރެއަށް ފުން ހޮހޮޅައެކެވެ. އެ ހޮހޮޅައިގައި އެއްޗެއް ވޭތޯ ބަލަން ކިތަންމެ ބޭނުން ވިޔަސް އެއްވެސް މީހެއްގެ ކިބައިގައި އެ ހިތްވަރެއް ނެތެވެ. އެހެންކަަމުން އެގަސް ކަނޑާލަން ގަސްތުކޮށް މަސައްކަތް ފަށައިފިއެވެ.
ކަނޑާލުމަށް ފަހު ދެން ފެނުނު މަންޒަރުން އެންމެން ވެސް ތިބީ ބިރުން ތުރުތުރު އަޅައެވެ. އާދޭހެވެ. ގަސް ތެރެއިން އެ ފެނުނީ ގަޔާ ދިމާލަށް ފުންމާލަން ތައްޔާރުގައި އޮތްހެން ހީވާ ދިރޭ ޖަނަވާރެކެވެ. ވަރަށް ވެސް ބިރުވެރިއެވެ. އެހެން ނަމަވެސް ފަހުން މައުލޫމާތު ލިބުނު ގޮތުގައި އެއީ ވަރަށް ކުރިން އެ ހޮހޮޅައަށް ވެއްޓިފައިވާ ކުއްތާއެއްގެ ކުނިވަމުންދާ ހަށިގަނޑެވެ. އެމީހުންނަށް އެއީ ކުއްތާއެއްކަން ޔަގީން ވީ އޭގެ ދަތްތައް ހުރި ގޮތުން ކަމަށް މައުލޫމާތު ލިބެއެވެ. ކޮންމެ މީހެއް ނަމަވެސް އެގަހުގެ ތެރެއިން އެކުއްތާ ފެނުނު ގޮތުން ބިރު ގަންނާނެ ކަން ޔަގީނެވެ
ގަސް ތެރެއިން އެ ފެނުނީ ގަޔާ ދިމާލަށް ފުންމާލަން ތައްޔާރުގައި އޮތްހެން ހީވާ ދިރޭ ޖަނަވާރެކެވެ. ދިރޭ އެއްޗެއް ނުނެއްނުން އެއީ
މަހީކުރީ އޭލިއަން އެކޭ ބުނާނެ ކަމަށް�
ފުރަތަމަަ ބުނީީ ބޮޑުު ބިޔަަ ގަހެކޭޭ. ފަހުންް ބުނެފަަ އިނީީ ގަސްް އެހާާ ބިޔައެއްް ނޫނޭޭ. ހެހެ