ދުނިޔެ

ގޮތް ނޭނގޭ ދަގަނޑު ތަކެއް ދުނިޔޭގެ އެކި ހިސާބުތަކުން ފެންނަނީ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ގޮތް ނޭނގޭ ދަގަނޑު ތަކެއް ދުނިޔޭގެ އެކި ގައުމުތަކުން ފެންނަން ފަށައިފިއެވެ. މިދަގަނޑު ތަކަކީ ކޮން ތަނަކުން އަދި ކިހިނެއް އައިސްފައިވާ ދަގަނޑު ތަކެއް ކަމެއް ވެސް އެނގިފައެއް ނުވެއެވެ. މި ދަގަނޑު ތަކަށް ސައިންސް ވެރިން ދީފައިވާ ނަމަކީ "އޯބްލިސްކް" އެވެ.

Ads by Sosun Fihaara

އެންމެ ފުރަތަމަ މީގެ ދަގަނޑެއް ފެނިފައި ވަނީ އެމެރިކާގެ ހަނަފަސް ސަރަހައްދަކުންނެވެ. ސުވާލަކީ އެހާ ބޮޑު ދަގަނޑެއް ހަނަފަސް ބިމެއްގައި ކޮޅަށް ބަހައްޓާނީ ވެސް ވަކި ކިހިނެއް ހެއްޔެވެ؟ ތިނެސްކަނަށް ދިގުކޮށް ހުންނަ މި ދަގަނޑު ގަނޑުގެ ސިއްރު ހޯދުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. ޚަބަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި މި ދަގަނޑު ފެންނަތާ ގާތްގަނޑަކަށް 2 ދުވަސް ފަހުން އެ ދަގަނޑު އެތަނުގައި ނުހުރެއެވެ.

ރޯމޭނިއާ އިން ފެނުނު ގޮތް ނޭނގޭ ދަގަނޑެއް

ގާތްގަނޑަކަށް އެ ދަގަނޑުގައި 12 ފޫޓު ހުންނަ ކަމަށާއި، އޭގެ ކޮންމެ ފަޅިއެއްގައި "ސްޕައިރަލް" ޑިޒައިން ތަކެއް ހުންނަ ކަމަށް ވެސް ބޭރުގެ ޚަބަރުތަކުން މައުލޫމާތު ލިބެއެވެ. އެމެރިކާއަށް ފަހު މިހާރު ހަމަ މީގެ ދަގަނޑެއް ވަނީ ރޯމޭނިއާއިން ވެސް ފެނިފައެވެ. އެ ދަގަނޑު ފެނިފައި ވަނީ ރޯމޭނިއާގެ ސިޓީއެއް ކަމަށްވާ "ޕިއަޓްރާ ނިއަމްޓު" ގެ ފަރުބަދައެއް މަތިންނެވެ. އަދި މި ދަގަނޑުތައް ފެނިފައިވާ އެކި މީހުން ވަނީ އޭގެ ފޮޓޯ މީސްމީޑިއާގައި އާންމު ވެސް ކޮށްފައެވެ. އެހެން ނަމަވެސް މިހާރު މި ދަގަނޑު ރޯމޭނިއާގެ އެ ފަރުބަދަ މަތިން ވަނީ ގެއްލިފައެވެ.

އެމެރިކާ އިން ފެނުނު ގޮތް ނޭނގޭ ދަގަނޑެއް

މީސްމީޑިއާގައި ވާހަކަ ދެކެވޭ ގޮތުން، އެއީ ކޮންމެ ވެސް މީހެއްގެ އަމަލެއް ކަމަށާއި އެންމެންގެ ސަމާލުކަމަށް އައުމުން ދެން ދަގަނޑު އަނބުރާ ނަގަނީ ކަމަށެވެ. އެހެން ނަމަވެސް މިހާރު މި މައްސަލަ އަންނަނީ ބަލަމުންނެވެ. ގިނަ ބަޔަކު މިހާރު ސުވާލު ކުރަމުން އަންނަނީ ދެން މީގެ ދަގަނޑެއް ފެންނާނީ ކޮންތަނަކުންތޯ އެވެ؟

  1. ޙޫދު

    ދެން އެންމެ އަވަހަށް މީގެ ދަގަނޑެއް ފެންނާނީ ރާއްޖޭގެ ބްރިޖު ދަށުން

  2. ސަރުކާނު

    ޜާއްޖެއިން ދަގަނޑު ދެން ފެންނާނީ ވެލެންސިއާ އިން.

  3. އޭލިއަން

    ހަހަ ހެޔޮނުވާނެ……