ދުނިޔެ

މިއީ ދުނިޔޭގެ އެންމެ އެކަނިވެރި ގެ. މިގޭގެ ހަގީގަތް ވަރަށް ވެސް ހައިރާން ކުރުވާ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މުޅި ދުނިޔޭގެ ވެސް އެންމެ އެކަނިވެރި ގެ ކަމުގައި ފާހަގަ ކޮށް މަތީގައި އެވާ ފޮޓޯ، ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފައި ވަނީ ދާދި ފަހުންނެވެ. މިހާރު ހަލުވި ކަމާއެކު ސޯޝަލް މީޑިއާގައި ފެތުރިފައިވާ މި ގޭގެ ފޮޓޯއާ ބެހޭ ގޮތުން އެތައް ގޮތަކަށް ވާހަކަ ވެސް އަންނަނީ ދެކެވެމުންނެވެ.

Ads by Sosun Fihaara

ފޮޓޯއިން ވެސް ފެނިގެން ދާނޭ ފަދައިން މި ގެއަކީ ވަކިން އޮތް ރަށެއްގައި އަޅާފައި ހުރި ހަމައެކަނި ގެއެވެ. އެފަދަ ގެއެއް އެހާ އެކަނިވެރި މާހައުލެއްގައި އަޅާނީ ވެސް ފަހެ ކާކު ހެއްޔެވެ؟ އެގޮތުން ދެކެވޭ ވާހަކަ ތަކުގެ ތެރޭގައި އެގެއަކީ ހަގީގަތުގައި ވުޖޫދުގައި ވެސް ނެތް ގެއެކެވެ. އެއީ ފޮޓޯޝޮޕް ކުރެވިފައިވާ ގެއެކޭ ކިޔާ ވެސް ވާހަކަތަކެއް ދެކެވެއެވެ.

އެހެން ނަމަވެސް މިއީ ގަބޫލުކުރެވޭ ވާހަކައެއް ކަން ނުވަތަ ނޫންކަން ވެސް އެއްވެސް މީހަކަށް ނޭނގެއެވެ. ދެން މި ގެއާ ދޭތެރޭ ދެކެވޭ އަނެއް ވާހަކައަކީ މީހަކު ޒޮންބީ އާ ބެހޭގޮތުން ހޯދުންތަކެއް ހޯދުމަށް ތައްޔާރު ކޮށްފައިވާ ގެއެއް ކަމެވެ. މިއީ ވެސް ގަބޫލު ކުރެވޭ ވާހަކައެއް ނޫނެވެ. ހަމަމިއާއެކު ދެން ދެކެވޭ ވާހަކައަކީ އެގެއަކީ ބޭރު ގައުމެއްގެ މަޝްހޫރު ލަވަކިޔުންތެރިއެއްގެ ގެއެއްކަމެވެ.

އާދޭހެވެ. އެ ގެ ހަގީގަތުގައި ވެސް އެރަށުގައި އެބަވެއެވެ. އަދި އެގެއަކީ “އެލިޑޭ ހަންޓިންގް އެސޯސިއޭޝަން” އަށް ނިސްބަތްވާ ގެއެކެވެ. އެ އެސޯސިއޭޝަން ގެ މެންބަރުން އެ ގެ ބޭނުން ކުރަނީ ހަންޓިންގް “ކެބިން” އެއްގެ ގޮތުގައެވެ. އަދި ވަރަށް ގިނަ މީހުން އެގެއަށް ދާން ބޭނުންވާކަން ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ފޮޓޯތަކުގެ ކޮމެންޓުތަކުން ފެނިގެން ދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!