ދުނިޔެ

މިވަގު ވައްކަން ކޮށްފައި ދިޔައީ މާފަށް އެދި ނޯޓެއް ވެސް ބާއްވާފައި!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިންޑިއާގެ އުސިލަމްޕަތީގެ ފިހާރައަކުން 65000 ރުޕީސްގެ ތަކެތި މީހަކު ވަގަށް ނަގައިފިއެވެ.

Ads by WAMCO

ވައްކަން ކުރުމަށްފަހު އޭނާ ދިޔައީ ނޯޓެއް ވެސް ބާއްވާފައެވެ. އޭނާގެ ނޯޓުގައި ބުނެފައިވަނީ މިހެންނެވެ.

"އަހަންނަށް މާފު ކުރާށެވެ. އަހަރެން ވައްކަން ކުރީ އަހަރެން ބަނޑުހައިވެފައި ހުރުމުގެ ސަބަބުންނެވެ. ތިބާއަށް ތިޔަ ގެއްލުނީ އެންމެ ދުވަހެއްގެ ފައިސާއެވެ. ނަމަަވެސް މިއީ އަހަރެންގެ 3 ދުވަހަށް ވާވަރުގެ ފައިސާއެވެ. އަދިވެސް އެއްފަހަރު މާފަށް އެދެމެވެ،"

ރިޕޯޓްތައް ބުނާ ގޮތުގައި މި މީހާ ވައްކަން ކޮށްފައި ވަނީ އިންޑިއާގެ އުސިލަމްޕަތީގެ މަދޫރައި ރޯޑްގައި ހުންނަ ފިހާރައަކުންނެވެ. އަދި މިފިހާރައިގެ ވެރިއަކީ 30 އަހަރުގެ ރަމްޕްރަކާޝް ކިޔާ ކަވަންޑަންޕަތި މީހެކެވެ.

ފިހާރައިން ވައްކަން ކޮށްފައިވާކަން އެނގުނީ ފިހާރައިގެ ވެރި މީހާ ބުރާސްފަތި ދުވަހު ހެނދުނު ފިހާރަ ހުޅުވުމުންނެވެ. ހެނދުނު ފިހާރަ ހުޅުވިއިރު 2 ކޮމްޕިއުޓަރާއި ޓީވީ އަކާއި 5000 ރުޕީސް ވަގަށް ނަގާފައިވެއެވެ.

ވައްކަން ކޮށްފައިވާ މަންޒަރުތައް ފިހާރައިގައި ހުރި ސީސީޓީވީ ފޫޓޭޖަށް ވެސް އަރާފައިވާ ކަމަށް ފުލުހުން ބުނެއެވެ، އަދި ފިންގަރޕްރިންޓް ހުރި ތަންތަނުން އެ ފިންގަރޕްރިންޓުތައް ވެސް ބަލާ ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުނެއެވެ.

ކޮންމެއަކަސް މި ވަގު ވައްކަން ކޮށްފައި މިވަނީ ތަފާތު ގޮތަކަށެވެ. ވައްކަން ކޮށްފައި މާފަށް އެދި ދާނީ ވަރަށް މަދު ވަގެއްކަން ގައިމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!