ޚަބަރު

ބޮޑު ޚިޔާނާތުގެ މައްސަލައިގައި ނަޝީދު: އެއީ ތަހުގީގީ އަދި ގާނޫނީ މާހިރަކަށް ނުވިޔަސް އެނގޭނެހާ ސާފުކޮށް އޮތްކަމެއް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައަކީ ގާނޫނީ މާހިރަކަށް ނުވަތަ ތަހުގީގީ މާހިރަކަށް ނުވިޔަސް ލޯހުޅުވާފައި ލެއްޕީމަ އެނގޭހާ ސާފުކޮށް ފެންނަން އޮތް ކަމެއް ކަމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދުގެ މަޖިލިސް ޖަލްސާގައި ރިޔާސާތުގައި އިންނަވައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ނަޝީދު ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯބައިލް ފޯނެއް ލިބިފައިވާ ކަމަށާއި އެ ފޯނުގައި ހުރި 70،000 ޓެކްސްޓް މެސެޖު އާންމު ކުރައްވާނެ ކަމަށެވެ. އަދި މި މެސެޖުތައް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީއަށް ދީފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އެ މެސެޖުތަކަކީ އެމްއެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅުން ހުރި މެސެޖުތަކެއް ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އަދީބު އަމިއްލަ އަށް އެ ކަމަށް އިއުތިރާފު ވެފައިވާއިރު އަދީބުގެ ވާހަކަތަކާއި އެ ޓެކްސްޓް މެސެޖުތަކާ ވާ ގުޅުން ވަރަށް ސާފު ކަމަށެވެ.

"ތަހުގީގީ މާހިރަކަށް ވާކަށް ނުޖެހޭ ގާނޫނީ މާހިރަކަށް ވާކަށް ވެސް ނުޖެހޭ. ލޯހުޅުވާފައި ލެއްޕީމަ އެނގޭހާ ސާފުކޮށް ފެންނަން އޮތް ކަމެއްގައި އަޅުގަނޑު ވެސް ކަންބޮޑުވޭ ވަކި ކޮޅެއްގައި ނުޖެހި ވާތީ،" ރައީސް ނަޝީދު އިތުރަށް ވިދާޅުވި އެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!