ލައިފްސްޓައިލް

އުމުރުން 10 އަހަރުގެ މިކުއްޖާ އެއް ގަޑިއިރުތެރޭ 33 ވައްތަރުގެ ކާނާ ތައްޔާރުކޮށް ރިކޯޑު ހަދައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އުމުރުން އެންމެ 10 އަހަރުގެ އަންހެން ކުއްޖަކު އެއް ގަޑިއިރުތެރޭ 33 ވައްތަރުގެ ކާނާ ތައްޔާރުކޮށް ރިކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.

Ads by Sosun Fihaara

ސާންވީ އެމް ޕްރަޖިތު ނަމަކަށް ކިޔާ މިކުއްޖާގެ މަސައްކަތް ފާހަގަ އޭޝިއާ ބުކް އޮފް ވޯލްޑް ރިކޯޑްސް އާއި އިންޑިއާ ބުކް އޮފް ރިކޯޑްސް އިން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ސާންވީ ހޯދާފައިވަނީ އެންމެ ގިނަ ބާވަތުގެ ކާނާ ތައްޔާރުކުރި ކުޑަ ކުއްޖާގެ މަގާމެވެ.

ސާންވީ 33 ބާވަތެއްގެ ކާނާ ތައްޔާރު ކޮށްފައިވާއިރު، ގިނައީ އިންޑިއާގެ ސަގާފީ ކާނާއެވެ. އޭގެ ތެރޭގައި 10 ބާވަތެއްގެ ފޮނި ކާއެއްޗެހި ވެސް ހިމެނެއެވެ.

ކެއްކުމުގެ މިޝޯ ބާއްވާފައިވަނީ ސާންވީ ދިރިއުޅޭ ގޭގައެވެ. އަދި އޭނާގެ މައިންބަފައިން ވަނީ އެޝޯ ފައްޓައިގެން ނިމެންދެން ލައިވް ކޮށްފައެވެ. އޭޝިއާ ބުކް އޮފް ރިކޯޑްސް އިން އެޝޯ ބަލާފައި ވަނީ ވެސް އޮންލައިން ކޮށެވެ.

ސާންވީ ބުނި ގޮތުގައި ކެއްކުމަށް އޭނާއަށް ހިތްވަރު ލިބުނީ އޭނަގެ މަންމަގެ ފަރާތުންނެވެ. އޭނަގެ މަންމައަކީ ޝެފެއްގެ އިތުރުން ރިއަލިޓީ ކުކިންގ ޝޯވއެއްގެ ފައިނަލިސްޓެކެވެ.

ސާންވީ އެންމެ ފުރަތަމަ ކައްކަން ފެށީ އުމުރުން އެންމެ ފަސް އަހަރުގައި ކަމަށާއި އޭނާއަކީ އަބަދުވެސް ކެއްކުމަށް ވަރަށް ޝައުޤުވެރިކަމެއް ބެހެއްޓި ކުއްޖެއް ކަމަށް އޭނަގެ މަންމަ ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!