ކޮވިޑް-19: ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ އިތުރު ދެ ބިދޭސީއަކު ފައްސި ވެއްޖެ
ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ދެ ބިދޭސީއަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި މިބިދޭސީންނަކީ ވެސް މާލެއިން ކުޅުދުއްފުއްޓަށް ދިޔަ ފައްސިވީ ފުލުހުންތަކެއްގެ ކްލަސްޓާރ އާއި ގުޅިގެން ފައްސިވީ ބައެކެވެ.
މިއަދު ފައްސި ވެފައި ވަނީ ވެސް ކާނިވަލް ކޮމްޕެނީގެ ބިދޭސީންތަކެކެވެ.
ކުޅުދުއްފުށި ކްލަސްޓަރ އާއި ގުޅުންހުރި އަދަދު މިހާރު މިވަނީ 11 އަށް އަރާފައެވެ.
އޮފިޝަލަކު ވިދާޅުވީ، ފުލުހުންނާއި ސިފައިންގެ ރޭންޑަމް ސާމްޕަލްތަކެއް މިހާރު ނަގަން ނިންމާފައިވާ ކަމަށާ އެކަމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ރާއްޖެއިން ކޮވިޑަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 11،062 އަށް އަރާފައެވެ. އަދި ބަލިން ފަސޭހަ ވެފައިވަނީ 9،8880 މީހުންނެވެ.
Ads by Allied Insurance