ވިޔަފާރި

އިންޑިއަން ފުޑް ކާން ދާން ފުޑް ބޭންކް ވަރެއް ނެތް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިންޑިއާގެ ކެއުން ތަކަކީ ވަރަށް ގިނަ ދިވެހީންނަށް ކަމުދާ ކެއުންތަކެކެވެ. އަމިއްލަ ގޭގައި އިންޑިއަން ފުޑް ހަދައިގެން ކާ މީހުން ވެސް މަދެއް ނޫނެވެ. އަދި އިންޑިއަން ފުޑް ތަންތަނަށް ގޮސްގެން ނުވަތަ ތަންތަނުން އޯޑަރު ކޮށްގެން ގެއަށް ގެނެސްގެން ކާ މީހުންވެސް ރާއްޖޭގައި ވަރަށް ގިނައެވެ.

Ads by MWSC

އިންޑިއަން ފުޑް ކާން މިފަހަރު ދާންވީ ފުޑް ބޭންކަށެވެ. އެއްފަހަރު ގޮސްފި ނަމަ ދެވަނަ ފަަހަރަށް ވެސް ދާނެކަން ޔަގީނެވެ. ސަބަބަކީ އެތަނުގައި އިންޑިއަން ފުޑް ހަމަ އެހާ ވެސް މީރެވެެ. ނަން ހުސްކޮށް އިންޑިއަން ފުޑްގެ އެތައް ބާވަތްތަކެއް އެތަނުން ލިބެން ހުރެއެވެ. އެތަނުގައި ކައްކާ ޝެފުންނަކީ އިންޑިއަން ފުޑް "ސްޕެސިއަލް" ޝެފުންނެވެ. އެތައް ދުވަހެއްގެ ތަޖުރިބާ ލިބިފައިވާ ޝެފުންނެވެ.

ފުޑްބޭންކުގެ އިންޑިއަން ފުޑް މެނޫއަށް ބަލާލާއިރު ތަންދޫރީ ޕެކޭޖާއި، ގާލިކް ޗިކަން އާއި ޖިންޖާ ޗިކަން އާއި ޗިކަން ޓިއްކާ އަދި މިހެންގޮސް ނަން ހުސްކޮށް ކުކުޅުގެ އެތައް ބާވަތެއް ވެސް ހިމެނެއެވެ. ކުކުޅު އެކަންޏެއް ނޫނެވެ. "ބީފް" އެތައް ވައްތަރެއްގެ އިންޑިއަން ފުޑްވެސް ފުޑްބޭންކުން ލިބެން ހުންނާނެއެެވެ. މި އާޓިކަލްގައި ހުރިހާ ބާވަތެއްގެ ނަން ނުހިމެނުނު ކަމުގައިވިޔަސް އެތަނަށް ގޮސް ބަލާލުމުން އިންޑިއަން ފުޑްގެ އައިޓަމްތައް ނަންހުސްކޮށް އެތަނުން ލިބޭން ހުރިކަން އެނގޭނެއެވެ. އިންޑިއާގެ ރެސްޓޯރަންޓަކުންވެސް އިންޑިއާގެ ރަހަތައް ލިބޭނީ މިވަރަކަށެވެ.

ދިވެހީންގެ ތެރޭގައި މަގުބޫލުކަމެއް ހޯދާފައިވާ އިންޑިއާގެ "ބަޓަރ ޗިކަން އާއި ނާން" ކާން ދާންވެސް ހަމަ އެންމެ ސަޅީ ފުޑްބޭންކެވެެ. އަދި ހަމަ އެހެންމެ ފުޑްބޭންކުން އިންޑިއަން ސީފުޑް ވެސް ލިބޭނެއެވެ. އެގޮތުން ފިޝް މަސާލާ، ޕެޕަރީ ފިޝް، ޕްރޯންސް މަސާލާ، ޝްރިމްޕްސް މަސާލާ ފަދަ އެތައް އައިޓަމެއް ހިމެނެއެވެ.

ބިރިޔާނީގެ ވެސް އެތައް ވައްތަރުތަކެއް ފުޑްބޭންކުން ލިބެއެވެ. ޗިކަން، ބީފް، ފިޝް އަދި ވެޖިޓަބަލް ބިރިޔާނީވެސް ހަމަ އެހާ ސަޅިއެވެ. ހަމަ ވަރަށް މީރެވެ. އަޖުމަ ބަލާލަން ނަމަވެސް ފުޑްބޭންކަށް ޖައްސާލަބަލާށެވެ. އޭރުން ދެވަނަ ފަހަރަށް ވެސް އެތަނަށް ދާން މަޖުބޫރުވާނެކަން ޔަގީނެވެ. އެހާ މީރު ކާއެއްޗެހީގެ ރަހަ ލިބުމުން ދެވަނަ ފަހަރަށް ވެސް ނުދާނީ ކާކު ހެއްޔެވެ.

ފުޑްބޭންކުން ގެއަށްވެސް ކާއެއްޗެހި ޑެލިވަރ ކޮށްދޭނެއެވެ. ޑެލިވަރީ މުޅިން ހިލެއެވެ. ހެނދުނު 8 އިން ރޭގަނޑު 10:30އާ ދެމެދު ކޮންމެ ވަގުތެއްގައިވެސް 3307770 ނުވަތަ 3323665 އަށް ގުޅާލާށެވެ. މާ ލަސްތަކެެއް ނުވެ އޯޑަރު ކުރާ ކާއެއްޗެހި ގެއަށް ހޫނުކަންމަތީ ގެނެސްދޭނެއެވެ. ފުޑްބޭންކު ހުންނާނީ އިސްކަންދަރު ސްކޫލް ކުރިމައްޗަށް ވާ ގޮތަށް ދީދީ ގޯޅީގައެވެ.

އެހެންކަމުން އަވަހަށް ލަސްނުކޮށް އާއިލާ ނުވަތަ ރައްޓެހިން ގޮވަައިގެން ފުޑްބޭންކުގެ ހިތްގައިމު މާހައުލަށް އިންޑިއާގެ ރަހަތައް ބަލާލަން ދާށެވެ. "ރިގްރެޓް" ނުކުރާނެ ކަމުގެ ޔަގީންކަން އަރުވަމެެވެ. އެހެނީ، އިންޑިއަން ފުޑް ކާން ދާން ފުޑްބޭންކު ވަރެއް ހަމަ ނެތްކަން ގައިމު ވާތީއެވެ،

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!