ވިޔަފާރި

މިއަދަކީ ދުނިޔޭގެ ޕާސްތާ ދުވަސް: ފުޑްބޭންކުން ޚާއްސަ ޑިސްކައުންޓެއް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދިވެހިންނަކީ އެކި ކަހަލަ ކެއުމަށް ޝައުގު ހުންނަ ބައެކެވެ. އިޓޭލިއަން، ޗައިނީޒް އިން ފެށިގެން ގޮސް ސްޕެނިޝް ފުޑަކީ ވެސް ގިނަ ދިވެހިންގެ "ފޭވަރިޓް" އެއް ކަން ޔަގީނެވެ. އެގޮތުން "ޕާސްތާ" އަކީ  ރާއްޖޭގެ ވަރަށް ގިނަ ބަޔަކަށް ކަމުދާ މީރު އިޓޭލިއަން ކެއުމެކެވެ.

Ads by STELCO

މިއަދަކީ ދުނިޔޭގެ ބައިނަލްއަޤްވާމީ ޕާސްތާ ދުވަހެވެ.

މީރު ޕާސްތާއެއް ކާން ބޭނުންތޯއެވެ؟ އާދޭހެވެ. ފުޑްބޭންކުން ތިކަން ފުރިހަމަ ކޮށްލެވިދާނެއެވެ. ޕާސްތާ ކެއުމަށް ފަހު ދެވަނަ ފަހަރަށް ކާން ބޭނުންވާނެ ކަން ގައިމެވެ. އެހާވެސް މީރެވެ. ފުޑްބޭންކުން މިއަދު ފާހަގަކުރަމުން އެދާ "ޕާސްތާ ޑޭ" ގައި ބައްލަވައިގަންނަވާ ކޮންމެ ޕާސްތާއެއް ނޫނީ ސްޕެގެޓީއަކަށް ވެސް 10 އިންސައްތަ ޑިސްކައުންޓެއް ލިބިގެން ދާނެއެވެ. މި ޕްރޮމޯޝަން އަކީ އެއްދުވަހަށް ކުރިއަށްދާ ޕްރޮމޯޝަނެކެވެ. މިރޭގެ "ޑިނާއަށް" ފަހު މި ޕްރޮމޯޝަން ނިމިގެން ދާނެއެވެ.

ޕާސްތާ އަދި ސްޕްގެޓީގެ ވައްތަރުތައް ވެސް އެހާމެ ގިނައެވެ. ބީފް ބޮލޮނީޒް، މޯލްޑިވިއަން މެކެރޯނީ، ޕާސްތާ ކާބޮނާރާ އަދި ޕާސްތާ ނެޕޮލިޓާނޯ ވެސް މީގެ ތެރޭގައި ހިމެނެއެވެ. އަދި މީގެ އިތުރުން ވެސް އެތައް ވައްތަރެއްގެ ޕާސްތާއާއި ސްޕެގެޓީ ފުޑް ބޭންކުން ލިބިގެންދާނެއެވެ. ދުވަހުގެ "ބިޒީ" ޝެޑިއުލް އިން ވަގުތުކޮޅެއް ހޯދައިލައިގެން ފުޑްބޭންކަށް ގޮސް ޕާސްތާއެއް ކާލުމުން ކޮންމެ ބޭފުޅަކު ވެސް ނުކުންނާނީ ހިތްހަމަ ޖެހިގެން ކަން ގައިމެވެ.

ފުޑްބޭންކަކީ އެހާމެ ހިތްގައިމު ރެސްޓޯރެންޓެކެވެ. ފުޑްބޭންކުގެ ތެރޭގައި ޖެހެމުންދާ މަޑު ރާގުކޮޅުން އެތަނުގައި ކެއުން ބައްލަވަން އިންނަ ކޮންމެ ބޭފުޅެއްގެ ހިތަށް ހަމަޖެހުން ލިއްބައިދެއެވެ. ލޯބިވެރިޔާ ގޮވައިގެން ކާން ދާން ބޭނުންވާ މީހާއަށް ފުރިހަމަ "ޕްރައިވެސީ" އެއް ލިބިގެންދާނެއެވެ. ފުޑްބޭންކަކީ އެފަދަ ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންނަމަ އެންމެ ރަނގަޅު މަންޒިލެވެ. ކާނާ އަގުހެޔޮ ވެފައި އެހާމެ މީރެވެ. އެންމެ ފަހަރަކު ނަމަވެސް ފުޑްބޭންކުގެ ކެއުން އިންސާފް ކޮށްލާށެވެ. ދެވަނަ ފަހަރަށް ފުޑްބޭންކު ޚިޔާރު ކުރާކަށް އެއްވެސް ޖެހިލުމެއް ނުވާނެކަން ގައިމެވެ.

Ads by Allied Insurance
  1. ރަނގަޅުކޮށްލ!!

    ދަރިކަނބަލުންގެ ފިރިކަލުން