ހަވީރު ސަޔަށް ފުޑް ބޭންކު ވަރެއް ނެތް!

ހަވީރު ގަޑީގައި މީރު ހެދިކާއާއެކު ހޫނު ކަޅު ސައެއް ބޯން ބޭނުންނަމަ އެންމެ ރަނގަޅީ ފުޑް ބޭންކެވެ. ރަނގަޅޭ މި ދަންނަވަނީ ސަބަބުތަކެއް ވެސް ނެތިއެއް ނޫނެވެ. މާހައުލާއި، ރަހައާއި އަދި އަގަށް ބަލާފައި ވެސް ފުޑް ބޭންކު ހަމަ "ސަޅީ" އެވެ.
ކޮންމެ ދުވަހެއްގެ ވެސް ހަވީރު ސައި ލިބެން ހުންނާނީ ހަވީރު 16:00 އިން އިރުއޮއްސި 18:00 ޖަހަންދެނެވެ. ތާޒާކަންމަތީގައި ހެދިކާ ލިބެން ހުންނައިރު، އެކި ވައްތަރުގެ ސައި ވެސް އަދި އެހެން ވައްތަރުގެ ބުއިން ވެސް ލިބެން ހުރެއެވެ. މިލްކްޝޭކް ނޫނީ އެފަދަ އެހެން ބުއިންތައް ވެސް ފުޑް ބޭންކުން ލިބެން ހުރެއެވެ. އެކި ދުވަސް ދުވަހު އެކި ވައްތަރުގެ ހެދިކާ ލިބެން ހުންނާނެއެވެ. ރަހަ އެހާމެ މީރެވެ. މާހައުލު އެހާމެ ހިތް ގައިމެވެ. ހަގީގަތުގައި ވެސް ހަވީރު ގަޑީގެ ސައި އެންމެ އަރާމުކޮށް ބެއްލެވުމަށް ފުޑް ބޭންކު ވަރެއް ހަމަ ނެތީއެވެ.
ހަވީރުގެ ހިތްގައިމު ވަގުތުގައި ބޯލަން ބޭނުންވަނީ ކިރު ސައިތައްޓެއް ނަމަ އެވެސް ފުޑް ބޭންކުން ލިބިގެންދާނެއެވެ. ސިއްހަތަށް ބައްލަވާ ބޭފުޅުންނަށް އެންމެ ކަމުދާ "ގްރީން ޓީ" ވެސް ފުޑް ބޭންކުން ލިބިގެން ދާނެއެވެ. ޚިދުމަތް ދޭން ތިއްބަވާ ބޭފުޅުންނަކީ އެހާމެ އަވަސް އަދި އެހާމެ ހިތްހެޔޮ ބޭފުޅުންނެވެ. ހަމަ ޔަގީނުން ވެސް ޝަކުވާ ކުރާނެ ފުރުސަތެއް ނުލިބޭނެކަން ގައިމެވެ.
ހަވީރު ގަޑީގެ ސައި ބެއްލެވުމަށް ފުޑްބޭންކަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކު ވެސް ދެވަނަ ފަހަރަށް އެތަނަށް ސައި ބެއްލެވުމަށް ދާން ބޭނުންވާނެ ކަން ކަށަވަރެވެ. ރަހައާއި، މާހައުލާއި ޚިދުމަތް ވެސް އެހާ ރަނގަޅީއެވެ. ގަބޫލު ނުކުރެވޭ ކަމުގައި ވަނީނަމަ ފުޑް ބޭންކަށް ވަޑައިގެން އަމިއްލައަށް ތަޖުރިބާ ކޮށްލުމުން ގައިމުވެސް މާޔޫސް ނުވާނެކަން ޔަގީނެވެ.