ވިޔަފާރި

ހެނދުނުގެ ނާސްތާ ވަރަށް މުހިންމު! ފުޑްބޭންކުގެ އަޖުމަ ބަލާލަންވީނު

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ހެނދުނުގެ ނާސްތާއަކީ ދުވަސް ފެށުމަށް ޓަކައި ވަރަށް މުހިިންމު އެއްޗެކެވެ. ދުވަހުގެ ފެށުން އެކަންޏެއް ނޫނެވެ. ރަނގަޅު ސިއްޙަތެއްގައި ހުރުމަށް ޓަކައި ވެސް ހެނދުނުގެ ނާސްތާ ވަރަށް މުހިންމެވެ. އެގޮތުން ހެނދުނުގެ ނާސްތާ ނެގުމަށްޓަކައި ފުޑްބޭންކަށް ޒިޔާރަތް ކޮށް އެތަނުގެ ފުރިހަމަ ނާސްތާ ޕެކޭޖުތައް ތަސައްވަރު ކޮށްލާށެވެ.

Ads by Hajj Corporation

ފުޑްބޭންކޭ ބުނުމުން ގިނަ ބަޔަކަށް އެނގިފައި އޮންނަނީ އެއީ މެންދުރުގެ ކެއުމާއި ރޭގަނޑުގެ ކެއުމަށް ޚާއްސަ ތަނެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ހެނދުނުގެ ނާސްތާއަށް ވެސް ފުޑްބޭންކު ވަރަށް "ސަޅި" އެވެ. ގަބޫލު ނުކުރެވެންޏާ އަޖުމަ ބަލާލަން ނަމަވެސް ފުޑްބޭންކަށް ދުރުވެ ހެނދުނުގެ ނާސްތާ ނަންގަވާށެވެ.

ފުޑްބޭންކުގެ ނާސްތާ ޕެކޭޖުތަކަށް ބަލާލާއިރު،

  • ޑިސްކް، ރިހާކުރު
  • މިކްސް ބްރެކްފާސްޓް
  • ކޮންޓިނެންޓަލް ބްރެކްފާސްޓް
  • ޑިސްކް، ހިކިމަސްހުނި
  • ދިވެހި ނާސްތާ
  • އެމެރިކަން ބްރެކްފާސްޓް

މަތީގައި އެވަނީ ފުޑް ބޭންކުން ހެނދުނުގެ ނާސްތާއަށް ލިބިގެންދާނެ އެކި ޕެކޭޖުތަކެވެ. މާހައުލަށް ބަލާލި ކަމުގައިވީ ނަމަވެސް އެހާމެ ހިތްފަސޭހަ މާހައުލެކެވެ. ހިތަށް ފަސޭހަކަން ލިބިގެން ދާނޭ ފަދަ އަރާމު ރާގުކޮޅެއް އަބަދުވެސް އިވިގެން ދާނެއެވެ. އަދި އެފަދަ ތަނަކުން އެހާމެ މީރު ނާސްތާ ނަންގަވާލައިގެން ލިބޭނެ ހިތްހަމަ ޖެހުން މާ ބޮޑުވާނެކަން ޔަގީނެވެ.

ފުޑްބޭންކުގެ ނާސްތާ ޕެކޭޖު ދޫކުރެވޭނީ ހެނދުނު 08:00 އިން 11:00 އަށެވެ. އާއިލާ ބޭފުޅުން ގޮވައިގެން ހެނދުނުގެ ނާސްތާ ބެއްލެވުމަށް ފުޑްބޭންކު ޚިޔާރު ކުރައްވާށެވެ. ދެވަނަ ފަހަރަށް ވެސް ފުޑް ބޭންކަށް ހެނދުނުގެ ނާސްތާ ބެއްލެވުމަށް އަންނަން ބޭނުންވާނެކަން ގައިމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!