ކޮވިޑް-19: މާލެ ސަރަޙައްދުގައި ދެން ބޭރުގައި އުޅެވޭނީ ރޭގަނޑު 11 ޖަހަންދެން!
މާލެ ސަރަހައްދުގައި ރޭގަނޑު ބޭރުގައި އުޅެވޭނެ ވަގުތާއި އެއްގަމު އުޅަނދުފަހަރު ދުއްވޭނެ ވަގުތަށް ބަދަލު ގެނެސްފިއެވެ.
އެގޮތުން މިރެއިން ފެށިގެން ރޭގަނޑު 11:00 އިން އަނެއް ދުވަހުގެ ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާ ކަމުގައި ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ވަނީ ހަމަ ޖައްސާފައެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރުމާއި ގުޅިގެން، ބަލި ކޮންޓްރޯލް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މީގެ ކުރިން ވަނީ ރޭގަނޑު 10:00 ން އަނެއް ދުވަހުގެ ފަތިހު 5:00 އަށް ބޭރަށް ނިކުމެ އުޅުން މަނާ ކޮށްފައެވެ.
މީގެ އިތުރުން ރޭގަނޑު 8:00 އަނެއް ދުވަހުގެ ފަތިހު 5:00 އާއި ހަމައަށް އެއްގަމު އުޅަނދު ފަހަރު ދުއްވުން ވެސް ކުރިން މަނާ ކުރުމަށްފަހު، މިދިޔަ ހަފްތާގައި އެޗްޕީއޭ އިން ވަނީ އެޤަވާއިދު ބަދަލުކޮށް ރޭގަނޑު 10:00 ން ފަތިހު 5:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކޮށްފައެވެ.

ނަމަވެސް މިރޭ އެޗްއީއޯސީ/އެޗްޕީއޭ އިން އިއުލާނު ކޮށްފައިވަނީ މާލޭ ސަރަޙަައްދުގައި ރޭގަނޑު 11:00 ފެށިގެން އަނެއް ދުވަހުގެ ފަތިގު 4:00 އާއި ހަމައަަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށް، އެވަގުތުތަކުގައި ބޭރުގައި އުޅުންވެސް މަނާ ކޮށްފައެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގައި ހިންގާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތާގެ ހިދުމަތްތައް ރޭގަނޑު 10:30 އިން ފެށިގެން ފަތިހު 4:00 އަށް ހުއްޓައިލުމަށް ވެސް އެޗްޕީއޭ އިން އަންގާފައިވެއެވެ.