ލައިފްސްޓައިލް

ބުނި ބަހުގެ ތެދުކަން ހާމަކޮށްދޭން ބުއީ ފާޚާނާ ތަށިން ނެގި ފެން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބުނި ބަހުގެ ތެދުކަން ހާމަ ކޮށްދޭން، ފާހާނަ ތަށިން ނެގި ފެން ބުއި ޗައިނާގެ އަންހެނަކަށް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.

Ads by STELCO

"ގްލޯބަލް ޓައިމްސް"ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި އަންހެން މީހާ އަކީ ޗައިނާގެ ގަސްކާނާ އުފައްދާ ކުންފުންޏެއްގައި ސާފުކުރާ މީހާގެ ވަޒީފާ އަދާކުރަމުން އަންނަ އަންހެނެކެވެ. އަދި މި މީހާ ފާހާނާ ތަށިން ފެން ނަގައިގެން ބޮއެފައި ވަނީ، އޭނާ ފާހަނާ ތަށި ސާފުކުރީ އެންމެ ފުރިހަމައަށް ކަން ހާމަކޮށްދިނުމުގެ ގޮތުންނެވެ.

"ލުއޯ" ނަމަކަށް ކިޔާ މި އަންހެން މީހާ ފާހަނާ ތަށިން ފެން ނަގައިގެން ބޯ ވީޑިއޯ ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ. 32 ސިކުންތުގެ މި ވީޑިއޯ އިން ފެންނަ ގޮތުގައި ޕްލާސްޓިކް ތަށްޓެއް ބޭނުން ކޮށް، ފާހާނާ ތަށިން ނެގުމަށް ފަހު، ގިނަ ބައެއްގެ ކުރިމަތީގައި ލުއޯ ބޮއެވެ. އަދި ކައިރީގައި ތިބޭ މީހުން އޭނާ އަށް ތަރުހީބު ދޭ މަންޒަރު ވެސް ފެނިގެންދެއެވެ. އޭގެ ތެރޭގައި އޭނާގެ ސުޕަވައިޒަރުން ތިބި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިއީ ލުއޯ ފާހާނާ ތަށިން ފެން ބުއި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް އޭނާގެ މަސައްކަތް ކުރީ އެންމެ ފުރިހަމައަށް ކަން އަންގައިދިނުމުގެ ގޮތުން ލުއޯ ވަނީ މިކަން ކޮށްފައެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!