ޚަބަރު

ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު ދިވެއްސެއް ނިޔާ ވެއްޖެ، މަރްހޫމަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާށި!

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު ދިވެއްސެއް ނިޔާވެއްޖެއެވެ.

Ads by Sosun Fihaara

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ ކޮވިޑް-19 ޖެހިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެއް މިއަދު ހެނދުނު 07:00 ގައި ނިޔާވެފައިވާ ކަމަށެވެ.

މިއީ ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި 36 ވަނަ މީހާއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!