ބީއެމްއެލްއިން 1،400 ބިއްލޫރި ފުޅި ހޯދަނީ

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އަށް 1400 ބިއްލޫރި ފުޅި ހޯދުމަށް އިއުލާނު ކޮށްފިއެވެ.
ބީއެމްއެލް އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ބޭންކުގެ ބޭނުމަކަށް 1،400 ރީޔޫސަބަލް ބިއްލޫރި ފުޅި ސަޕްލައި ކޮށްދޭނެ ބަޔަކު ބޭނުން ވާ ކަމަށެވެ.
އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، މި މަހުގެ 21 ވަނަ ދުވަހުގެ ކުރިން މައުލޫމާތު ސާފު ކުރުމަށްފަހު، އަންނަ މަހުގެ 4 ގެ ކުރިން އީ-މެއިލް މެދުވެރިކޮށް ނުވަތަ ބޭންކް އަށް ގޮސް އަންދާސީ ހިސާބު ހުށަހަޅަން ވަނީ އެދިފައެވެ.
ބީއެމްއެލްގެ ހިދުމަތްތަކުގައި މިހާރު ވެސް ބޭނުން ކުރަނީ ތިމާވެއްޓާ ރަހުމަތްތެރި ބިއްލޫރި ފުޅި އެވެ. އަދި އެ ބޭންކުން ދަނީ އިޖުތިމާއި ޒިންމާގެ ދަށުން ބިއްލޫރި ފުޅި އެކި ރަށްރަށަށް ހަދިޔާ ވެސް ކުރަމުންނެވެ.