ދުނިޔެ

ކޮވިޑް19 ޖެހުނު މީހުންގެ އަދަދު 40 މިލިޔަނާ ގާތަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް19 ، މިހާތަނަށް 39,866,614 މީހަކަށް ޖެހިފައިވާ ކަމަށް ރިޕޯޓް ކޮށްފިއެވެ.

Ads by Sosun Fihaara

މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 39 މިލިޔަނަށް އަރާއިރު، މިބަލީގައި މިހާތަނަށް ޖުމްލަ 1,112,852 މީހުން ވަނީ މަރުވެފައެވެ. އަދި 29,811,229 މީހުން މިބަލިން ރަނގަޅު ވެފައިވާއިރު، މިހާރު މިބަލީގައި ފަރުވާ ދެމުން އަންނަނީ، 8,942,533 މީހަކަށެވެ. އަދި މީގެ ތެރެއިން 71,735 މީހުންގެ ހާލު ސީރިޔަސް އެވެ.

ވަކި ވަކި ޤައުމުތަކަށް ބަލާލާއިރު، މިހާތަނަށް ދުނިޔޭގައި އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެމެރިކާއިންނެވެ. މިގޮތުން އެމެރިކާއިން މިހާތަނަށް ކޮވިޑް-19 އަށް 8,329,949 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. ދެވަނައަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ އިންޑިޔާއިން، މިބަލި ޖެހިފައިވަނީ 7,492,727 މީހުންނަށެވެ.

މަރުވާ މީހުންގެ ނިސްބަތަށް ބަލާއިރު، އެންމެ ގިނަ ބަޔަކު މިބަލީގައި މަރުވެފައި ވަނީ ވެސް ހަމަ އެމެރިކާއިންނެވެ. މިގޮތުން އެގައުމުން މިހާތަނަށް ކޮވިޑް ޖެހިގެން 224,125 މީހަކު ވަނީ މަރުވެފައެވެ. ދެވައަށް އެންމެ ގިނަ ބަޔަކު ފައްސިވި އަވައްޓެރި އިންޑިއާއިން މިބަލީގައި 114,064 މަރުވެފައިވާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1,032 މީހަކު ވަނީ މިބަލީގައި މަރުވެފައެވެ.

ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުންދާއިރު، ދުނިޔޭގެ ކޮންމެ 1 މިލިޔަން މީހަކުން 5,115 މީހަކަށް މިބަލި ޖެހިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!