ކޮވިޑް-19 ކޮންޓްރޯލް ވުމެއް ނެތި ފެތުރެމުން ދަނިކޮށް އިންޑިއާގެ ސިނަމާތައް ހުޅުވައިފި
ދުނިޔެއިން ދެވަނައަށް އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިންޑިއާގައި ސިނަމާތައް ހުޅުވާލައިފިއެވެ.
7 މަސް ދުވަސްވަންދެން ބަންދުކޮށްފައި ހުރި ސިނަމާތައް ހުޅުވާލިއިރު، އިންޑިއާ އިން އިއްޔެ އެކަނި 62,092 ކޮވިޑަށް ފައްސިވެފައެވެ. އަދި 1,032 މީހަކު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް ޖެހިގެންވަނީ މަރުވެފައެވެ.
މާރިޗް މަހުގެ މެދު ތެރޭގައި އެންމެ ފުރަތަމަ ފަހަރަށް ސިނަމާތައް ސިނަމާތައް ބަންދުކުރިއިރު، އޭރުއްސުރެ އިންޑިއާގައި 10,000 އަށްވުރެ ގިނަ ސިނަމާގައި ވަނީ ތަޅު އަޅުވާފައެވެ. ސަރުކާރުން އޭރު އަމަލުކުރި ލޮކްޑައުންގެ ސިޔާސަތުގެ ދަށުން މިހާ ގިނަ ސިނަމާއެއް އެއްފަހަރާ ބަންދުކޮށްފައި ވަނީ އިންޑިއާގައި ސިނަމާތަކުން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އިތުރުވުމާއި ގުޅިގެންނެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިންޑިޔާއިން މަރުވި މީހުންގެ ތެރެއިން 4,050 މީހުންނަށް ކޮވިޑް-19 ޖެހިފައި ވަނީ ސިނަމާތަކުންނެވެ.
އަހަރެއްގެ މައްޗަށް 2،000 އަށްވުރެ ގިނަ ފިލްމް އުފައްދަމުން އައި ބޮލީވުޑް ވަނީ ކޮވިޑް ގެ ސަބަބުން ހުއްޓުމަކަށް އައިސްފައެވެ. މިއީ ސިނަމާތައް އަލުން ހުޅުވަން ލަސްވެގެން ދިޔަ އެއްސަބަބެވެ.
ސިނަމާތައް ހުޅުވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އިންޑިއާއަށް އަމާޒުވެފައިވާއިރު، އެޤައުމުން ބުނެފައިވަނީ ސަރުކާރުން މިފަދަ ނިންމުމެއް ނިންމީ ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި ކަމަށެވެ. އަދި ކުރިޔަށް އޮތް ތާންގައި ސިނަމާތަށް ހުޅުވުމުން ކޮވިޑް ޖެހޭ މީހުންގެ އަދަދަށް އަންނަ ބަދަލުތައް ދިރާސާކޮށް ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.